އައިޖީއެމްއެޗުން ނަފްސާނީ ބަލީގެ ބޭސް ސިޓީތައް ފޯނުން އާކޮށްދެނީ

ނަފްސާނީ ބައްޔަށް އައިޖީއެމްއެޗްގައި ހާއްސަކޮށްފައިވާ ސެންޓަ ފޮ މެންޓަލް ހެލްތު (ސީއެމްއެޗް) ކްލިނިކުން ދޫކުރަމުން އައި ބޭސް ސިޓީތައް، ފޯނު ކޯލް މެދުވެރިކޮށް އާ ކުރުމުގެ ހިދުމަތް އެ ހޮސްޕިޓަލުން މިއަދު ފަށައިފި އެވެ.
މިއީ މި ދުވަސްވަރު ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގައި މީހުން އެއްވެ އުޅުން މަދުކުރުމާއި ހޮސްޕިޓަލްތަކަށް މީހުން ދިއުން މަދުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެތަނުން ބުންޏެވެ.
With COVID-19 and the current situation,our CMH is offering a convenient means to renew prescriptions for regular medication.CMH supplement this service by providing phone consultations for our regular patients before renewing medication. For more info call 3335245 between 9-2pm.— IGMH (@igmhmv) March 30, 2020
އައިޖީއެމްއެޗް އިން މިއަދު ކުރި ޓްވީޓެއްއައިޖީއެމްއެޗުން ބުނީ، ސީއެމްއެޗްގެ ޑޮކްޓަރަކަށް މީގެ ކުރިން ދައްކާފައިވާ ޕޭޝަންޓުންނަށް ފޯން ކޯލް މެދުވެރިކޮށް، އައިޑީކާޑު ނަންބަރު ދިނުމުން ބޭސް ސިޓީ އާކުރެވޭނެ ކަމަށެވެ. އެތަނުން ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 2:00 އާ ދެމެދު 3335245 އަށް ގުޅުމުން، މި ހިދުމަތް ލިބޭނެ ކަމަށެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ކޮރޯނާވައިރަސް ރާއްޖެއިން ފެނުމުން، ރާއްޖޭގައި ވަނީސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް ވަރަށް ގިނަ ކަންކަން ކޮންޓްރޯލްކޮށްފަ އެެވެ.
ކޮރޯނާވައިރަހަށް ރާއްޖޭން 17 މީހަކު ޕޮޒިޓިވްވެފައި ވާއިރު، 13 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔަށް އަދިވެސް ޕޮޒިޓިވްވެފައިވާ ހަތަރު މީހުންގެ ތެރެއިން ރާއްޖޭގައި ފަރުވާދެމުން އަންނަނީ، އިނގިރޭސި ވިލާތުން ރާއްޖެއަށް އައި ދެ ދިވެއްސަކަށެވެ. އަނެއް ދެ މީހުން ވަނީ ޓެސްޓުގެ ނަތީޖާ ލިބުނުމުގެ ކުރިން ރާއްޖޭން ފުރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ