ވަޒީފާ ގެއްލޭ މުވައްޒަފުންނަށް ސީދާ އެހީތެރިވުން މާ ބުއްދިވެރި: ޔަޢުޤޫބު

ކޮވިޑް-19 ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދިޔުމާ ގުޅިގެން ދުނިޔޭގެ އިޤުތީޞާދަށް އައިސްފައިވާ ބޮޑު ހީނަރުކަމާއި ރާއްޖެއަށް މެދުވެރިވެފައިވާ ދަތިކަމުގައި އަޞްލު ގެއްލުންވީ ވަޒީފާ ގެއްލުނު މުވައްޒަފުންނަށް ކަމުގައާއި އެފަރާތްތަކަށް ސީދާ އެހީވުމަކީ ބުއްދިވެރި ކަމެއް ކަމުގައި ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިއަދު އޮތް ރައްޔިތުން މަޖިލިސް ޖަލްސާގައި ސަރުކާރުން ހުށަހަޅާފައިވާ އިޤުތިޞާދީ ޕެކޭޖާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މާމެންދޫ ދާއިރާ މެންބަރު ވިދާޅުވީ މިދަނޑިވަޅުގައި އޭނާގެ އެންމެ ބޮޑު އާދޭހަކީވެސް އަދި އެދުމަކީވެސް ދިވެހި މުވައްޒަފުންނާމެދު އިންސާފުން ޢަމަލުކޮށްދިނުން ކަމުގައެވެ. އަދި އެފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށްދިނުން ކަމުގައެވެ. ހަމައެހެންމެ ސަރުކާރުން އިޢުލާނުކޮށްފައިވާ ސްޓިމިއުލަސް ޕެކޭޖުން ފުރުޞަތު ދިނުމުގައި ދިވެހި މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތްކުރާ ފަރާތްތަކަށް އެކަނި އެފުރުޞަތު ދިނުމަށްވެސް ޔަޢުޤޫބު ގޮވައިލެއްވިއެވެ. އަދި އޭގެ އިތުރަށް އޭނާ ވިދާޅުވީ ދިވެހި މުވައްޒަފުންނާމެދު ނިކަމެތިކޮށް ކަންކަންކުރާނަމަ ސަރުކާރަށް ގޮވައިލަނީ ސަރުކާރުން އެކުލެވާލާފައިވާ ޕެކޭޖުން އެމުވައްޒަފުންގެ މުސާރަ ދީގެން ނަމަވެސް އެމުވައްޒަފުން ކުރިމަތިވާ ނިކަމެތި ކަމުން ސަލާމަތްކުރުމަށް ކަމުގައެވެ. އަދި އޭގެ އިތުރަށް އޭނާ ވިދާޅުވީ މިޕެކޭޖުގެ ބައި ބިލިއަން ރުފިޔާ ޚަރަދުކޮށްގެން 20،000 ވަރަކަށް މުވައްޒަފުންގެ މުސާރަ ކުރިއަށް އޮތް ތިން ހަތަރު މަހަށް ކަށަވަރުކޮށްދެވޭނެ ކަމުގައެވެ. އޭގެ އިތުރަށް ޔަޢުޤޫބު ވިދާޅުވީ މިވަގުތު ސަރުކާރަށް ކުރެވޭނެ އެންމެ ރަނގަޅު އެއް ކަމަކީ މަސްވެރިން ބާނާ މަސް ވަގުތުން ކިރައި އެމަހަށްވާ ފައިސާ ލަސްނުކޮށް މަސްވެރިންނަށް ލިބޭނެ ގޮތް ހެއްދެވުން ކަމުގައިވެސް ޔަޢުޤޫބު ވިދާޅުވިއެވެ. އެހެން އެކަން ނުކުރެވިއްޖެނަމަ، މި ބަލިމަޑިކަމުގެ މައްޗަށް ބޮޑު ތަދުމަނޑުކަމެއްވެސް އައުން އެކަށީގެންވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ޔަޢުޤޫބު އެ އަތޮޅަކަށް ނިސްބަތްވެވަޑައިގަންނަވާ ހުވަދު އަތޮޅުގެ މަސްވެރިން ބޭނި މަހަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ އެކަމުގެ ޝަކުވާ މިހާރުވެސް އެމަސްވެރިން ކުރަމުންދާ ކަމުގައި ޔަޢުޤޫބު ފާހަގަކުރެއްވިއެވެ. ސަރުކާރުން މިހާތަނަށް ހުށަހަޅާފައިވާ 2.5 ބިލިއަން ރުފިޔާގެ އިޤުތިޞާދީ ޕެކޭޖުގައި ގިނަ ކަންތައްތަކެއް އަމާޒުކުރެވިފައިވަނީ ވިޔަފާރިތައް ސަލާމަތްކުރުމަށެވެ. ސަރުކާރުން ބުނެފައިވަނީ ވިޔަފާރިތަކަށް އެޕެކޭޖުން އެހީ ލިބޭނީ މުވައްޒަފުންގެ ވަޒީފާތައް ކަށަވަރުކޮށްދޭނަމަ ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ