ކައިވެނި ހަފްލާއަށް ދިޔަ މީހުންނަށް ކާންދިނީ ހަދިޔާއަށް ފައިސާ ދިން ވަރަށް ބަލާފައި

ކައިވެނި ހަފްލާ އެންމެ ފުރިހަމަކޮށް ގެންދިއުމަކީ އެންމެންވެސް ބޭނުންވާ ކަމެކެވެ. ހާއްސަކޮށް ހަފްލާގައި ކޭޓަރިންއަކީ ގިނަ ބަޔަކު ހާއްސަ ސަމާލިކަމެއް ދީގެން ކުރިއަށް ގެންދާ ކަމެކެވެ.
ރެޑީޓްގައި މީހަކު ހިއްސާކޮށްފައިވާ ގޮތުން، އޭނާގެ ކައިވެނި ހަފްލާ އެންމެ ފުރިހަމަ ކުރުމަށް އޭނާ ނިންމީ ތަފާތު ގޮތެކެވެ. އެގޮތުން، ހަފްލާއަށްދާ މީހުންނަށް މީހުންނަށް ކާންދިނުމަށް އޭނާ އެކުލަވާލީ ރެސްޓޯރެންޓުތަކުގައި ބޭނުންކުރާ ގޮތަށް މެނިއު އެކެވެ.
މެނިއުގައި ޖުމްލަ ހަތަރު އަގެއް ހިމެނެއެވެ. އަދި ކޮންމެ އަގަކަށް ލިބޭ ކާއެއްޗެހިވެސް ތަފާތެވެ. އެންމެ އަގުހެޔޮ ކާއެއްޗެހީގެ އަގަކީ 250 ޑޮލަރެވެ. އެ އަގަށް ލިބެނީ ކުކުޅާއި ސްވޯޑްފިޝްގެ ތެރެއިން އެކަށްޗެވެ. އަދި 1،001 ޑޮލަރާއި 2،500 ޑޮލަރާ ދެމެދުގެ އަދަދެއްގެ ހަދިޔާއެއް ދޭ މީހަކަށް މެނިއުގައި ހިމެނޭ ހުރިހާ ކާއެއްޗެއްވެސް ކެއުމުގެ ފުރުސަތު އޮންނަ އިރު، ހާއްސަ ހަދިޔާއެއްވެސް ލިބެއެވެ.
އެ މީހާ ވަނީ ކައިވެނި އޮންނަ ދުވަހުގެ ދެތިން ހަފްތާއެއް ކުރިން އެ ހަފްލާގައި ބައިވެނިވާނެ މީހުން ދޭނެ ހަދިޔާގެ އަދަދު އަވަހަށް އަންގާލުމަށްވެސް އެދިފައެވެ. އަދި މެނިއު ނިންމައި އެ ދުވަހަސް އޯޑަރުތައް ހަމަކުރަން އެނގޭނީ އޭރުން ކަމަށް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ