ކޮރަޕްޝަން އާއްމުވުމުން "އާއްމު ރައްޔިތުން"ގެ ޕާޓީ އުފައްދަނީ

ރާއްޖޭގައި "ކަރަޕްޝަން" އާއްމުވެ، މި ވަބާއިން ގައުމު ސަލާމަތް ކުރުމަށްޓަކައި "އާއްމު ރައްޔިތުންގެ" ޕާޓީއެއް އުފެއްދުމަށް ވިސްނަމުންދާކަމަށް ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު ވިދާޅުވީ ރައްޔިތުންގެ ޕާޓީއެއް އުފެއްދުމަކީ ކުރެވިދާނެ ކަމެއްތޯ މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށާއި، މި ޕާޓީއަކީ ވެރިކަމަށް އައުމަށް މަސައްކަތް ކުރާނެ ޕާޓީއެއް ނޫންކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 2 މެމްބަރަކާއި އެކު "އާއްމު ރައްޔިތުންގެ ޕާޓީއެއް" އުފެއްދުމުހގެ ވިސްނުމަކީ ކަރަޕްޝަނާއި ފަސާދައިން ގައުމު ސަލާމަތް ކުރުން ކަމަށެވެ.
އެގޮތުން ޕާޓީގެ މެމްބަރަކަށް ވެވޭނީ އެއްވެސް ސަރުކާރެއްގައި ކަރަޕްޝަންގެ އެއްވެސް ކަމެއްގައި ހިމެނިފައި ނުވާ ފަރާތްތަކަށެވެ.
ސުއޫދު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ "އާއްމު ރައްޔިތުންގެ ޕާޓީއެއް ވުޖޫދަށް ގެނައުމަށް ބައެއް މީހުން ދަނީ ވިސްނަމުން. ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ބޭނުން"
އާއްމު ރައްޔިތުންގެ ޕާޓީއެއް އުފެއްދުމުގެ ވިސްނުންފުޅެއް ގެންްގުޅުއްވާ އިރު ރާއްޖޭގެ ބިން ބޭރުުގެ ފަރާތްތަަކަށް މިލްކު ކުރެވޭ އިސްލާހެއް މިއަދު ވަނީ ގާނޫނު އަސާސީއަށް ހުށަހަޅައި ފާސްކޮށްފައެވެ.
ގައުމުގައި ކަރަޕްޝަނާއި ފަސާދު އާއްމު ވެއްޖެކަމަށް ބުނެ ޖުމްހުރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވަނީ އެ އިސްލާހަށް ވޯޓު ނުދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ