ހިތަދޫގައި 10 އަހަރުގެ އަންހެން ކުއްޖަކަށް ފައިސާ ދީ، ބިރުދައްކައިގެން ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

19:00ސ.ހިތަދޫގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ފައިސާ ދީ، ބިރުދައްކައިގެން ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އުމުރުން 40 އަހަރުގެ މީހާ އަކީ މީގެ ކުރިން ވެސް އެ ކުއްޖާ އަށް ބިރުދައްކައިގެން ބަދު އަޚްލާގީ ޢަމަލު ހިންގާފައިވާ މީހެއް ކަމަށާއި އެހެން ނަމަވެސް އެކަން އޭރު އެކުއްޖާ އަށް ބިރުދައްކައި ސިއްރުކުރުވާފައިވާ ކަމަށެވެ. އަދި ދެ ވަނަ ފަހަރަށް އޭނާ އެ ޢަމަލު ހިންގިކަން އެނގުނީ އެ ކުއްޖާ ދިރިއުޅެމުންދާ ގެއާ ޖެހިގެން ހުރި ގޭގެ ވަލުފަރާތަށް މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އެ ކުއްޖާ ގެންގޮސް، 10 ރުފިޔާ ދީ އަދި ބިރުދައްކައިގެން ބަދު އަޚްލާގީ ޢަމަލު ހިންގުމަށްފަހު އެ މީހާ އެތަނުން ނުކުތްތަން އެ ކުއްޖާގެ މަންމަ އަށް ފެނިގެން ކަމަށެވެ.ސިކުނޑި ހަމަނުޖެހޭ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަޚްލާގީ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވެސް ހިތަދޫން ވަނީ އުމުރުން 54 އަހަރުގެ މީހެއް ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ