މުލަކު އަތޮޅަށް ހާއްސަ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މެދުރާއްޖެތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ އައިލޭންޑާސް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ މ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އެ އަތޮޅު ދިއްގަރުގައި އަންނަ އަހަރުގެ މާޗު 16-26 އަށް ޓީއެފްއެމް ފުޓްބޯލް ކްލަބުން ބާއްވާ މުބާރާތެކެވެ. މުލަކު އަތޮޅު ކައުންސިލާއި މުލަކު އަތޮޅު ޕޮލިހުގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35،000ރ. އަދި ދެ ވަނަ ޓީމަށް 10،000ރ. ވަނީ ހުށަހަޅައިފަ އެވެ.
ޓީއެފްއެމް އިން މައުލޫމާތު ދޭގޮތުގައި މުބާރާތް ރޭވިފައިވަނީ އިޖްތިމާއީ ވަރަށް ގިނަ ހަރަކާތްތަކާ އެކުގަ އެވެ. އެގޮތުން މުލަކު އަތޮޅު ރައްޔިތުންނަށް ހާއްސަކޮށްގެން މެޑިކަލް ކޭމްޕް ބާއްވައި އަދި ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ކެރިއަރު ޑިވެލޮޕްމަންޓް ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ބެލެނެވެރިންނަށް ހޭލުންތެރިން ކަމުގެ ޕްރޮގްރާމްތަކެއް ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށް ކުރިއަށްގެންދާނެ އެވެ.
"މިއީ އަތޮޅުތެރޭގައި މިހާ ފުޅާކޮށް ހިންގޭ އެންމެ ކާމިޔާބުއެއް ފެސްޓިވަލަށް ވާނެ،" ޓީއެފްއެމްގެ އޮފިޝަލަކު ބުންޏެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މިހާރު ނިއުސް އެވެ. ބްރޯޑްކާސްޓިން ޕާޓްރަނަކީ ވީޓީވީ އެވެ. މީގެ އިތުރުން ސީއެސްއާރް ޕާޓްނަރެއްގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީގެ "ރަންވޭލާ ކެމްޕެއިން" ވަނީ ބައިވެރިވެފަ އެވެ.
މި އަހަރުގެ އައިލެންޑާސް ފުޓްސަލް ޗެލެންޖް ކާމިޔާބުކުރީ މަޑުއްވަރީ ދަ ގޭންގެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 9998266 އަށް ގުޅުމަށް ނުވަތަ ކްލަބުގެ ފޭސްބުކް ޕޭޖް (www.facebook.com/therespectedaliens) މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކްލަބުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ