ވިޔަންސާ ބަލިކޮށް ހިރިޔާ ފައިނަލާ ކައިރިއަށް

30 ވަނަ ލިމިޓެޑް އޯވަރ ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅެވުނު މެޗުގައި ވިޔަންސާ އަތުން މޮޅުވެގެން ހިންނަވަރު ހިރިޔާ ފައިނަލާ ވަރަށް ކައިރިއަށް ޖެހިލައިފި އެވެ.
5
ޓީމުގެ މެދުގައި ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށް ކުޅެވޭ މުބާރާތުގައި ހިރިޔާ މިހާތަނަށް ކުޅުނު 3 މެޗުންވެސް ވަނީ މޮޅުވެފައެވެ. އެހެންކަމުން އެހެން ޓީމުތައް ނެރޭ ނަތީޖާއަކުން އިތުރު މެޗަކުން މޮޅުނުވިއަސް އެޓީމަށް ފައިނަލުގެ ފުރުސަތު އެބައޮތެވެ.
ޕޮއިންޓްގެ ގޮތުން ހިރިޔާ އާއި އަރާ ހަމަކުރުމުގެ ފުރުަސަތު އޮތީ އޮފްއެފްސީއަށެވެ. އެޓީމު ވަނީ މިހާތަނަށް ކުޅުނު 2 މެޗުންވެސް މޮޅުވެފައެވެ.
ހުކުރު ދުވަހު ކުޅެވުނު މެޗުގައި ބީޖީ ވަނީ މާލޭ ސްޕޯޓްސް އާއި ވާދަކޮށް މޮޚުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ