މާދަން އޮންނަ ރައްޔިތުން މަޖިލިސް ޖަލްސާ މަޖިލިސްކުރާ ގޭގައި ބާއްވަން ރައީސް ނަޝީދު ނިންމަވައިފި

މާދަން އޮންނަ ރައްޔިތުން މަޖިލިހުގެ ޖަލްސާ މަޖިލިސްކުރާ ގޭގައި ބޭއްވެވުމަށް މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފިއެވެ. މާދަމާ އޮންނަ ރައްޔިތުން  މަޖިލިހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާގެ އެޖެންޑާ ރައްޔިތުން މަޖިލިހުން މިހާރުވަނީ ޢާންމުކޮށްފައެވެ. އެއެޖެންޑާގައި ބުނެފައިވަނީ ޖަލްސާ މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދާ ގޮތަށް ހަމެޖެހިފައިވާ ކަމުގައެވެ. ކޮވިޑް-19 ބަލިމަޑުކަން ރާއްޖެއަށް ކުރިމަތިވުމާ ގުޅިގެން ރައްޔިތުން މަޖިލިހުގެ ޖަލްސާތައް އޮންލައިންކޮށް ވެބްސެމިނާ މެދުވެރިކޮށް އިންޓަނެޓުގެ ޒަރީޔާއިން ކުރިއަށް ގެންދާތާ ދުވަސްތަކެއް ފާއިތުވެއްޖެއެވެ. އެއިރު އިންޓަނެޓު މެދުވެރިކޮށް ޖަލްސާތައް ބާއްވަން ނިންމިއިރުވެސް މަޖިލިހުގެ ތަޅުމުގައި ޖަލްސާ ބޭއްވިދާނެ ކަމުގައި ރައީސް ނަޝީދު އަދި އެމްޑީޕީގެ ބައެއް މެންބަރުން ވަކާލާތުކުރައްވާފައިވެއެވެ. މާދަމާ އޮންނަ މަޖިލިސް ޖަލްސާ މަޖިލިހުގެ ޖަލްސާކުރާ ގޭގައި ކުރިއަށް ގެންދެވުމަށް ރައީސް ނަޝީދު ނިންމަވާފާވާއިރު މަޖިލިހުގެ ޖަލްސާތައް މިގޮތަށް ކުރިއަށް ގެންދިއުމަށް އެއްވެސް އިސްތިސްނާއެއް އެޗްޕީއޭގެ ފަރާތުން ދީފައިވާ ކަން އެނގޭކަށް ނެތެވެ. ރައްޔިތުން މަޖިލިހުގެ ޖަލްސާ އޮންލައިންކޮށް ބާއްވަމުން އައިއައުން ކުއްލިއަކަށް ހުއްޓަވައިލައްވައި ޖަލްސާތައް ތަޅުމުގައި ބާއްވަވަން ނަޝީދު ނިންމެވުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފައިވާ ކަމުގެ މަޢުމޫލާތު އިތުބާރުހުރި މަޞްދަރަކުން ދިޔަރެސް އަށް ލިބިފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ