އީރާނު އަސްކަރިއްޔާގެ އެންމެ އިސް ވެރިޔާ ވެސް އަވަހާރަ ކޮށްލައިފި

އީރާނުގެ ގައުމީ ޓީވީއިން ދާދިދެންމެއަކު ބުނި ގޮތުގައި މޭޖާ ޖެނެރަލް މުހައްމަދު ބަޣްރީ ވެސް ވަނީ އިސްރާއިލުން ދިން ހަމަލާތަކުގައި ޝަހީދުވެފަ އެވެ.
އީރާނުގެ ނިއުކްލިއަ މަރުކަޒުތަކާއި އެހެން ބައެއް ތަންތަނަށް އިސްރާއިލުން ފަތިހު ދިން ހަމަލާތަކުގައި އީރާން އަސްކަރިއްޔާގެ އެންމެ އިސް ވެރިޔާ މުހައްމަދު ބަގޭރީ ވެސް އަވަހާރަ ކޮށްލައިފި އެވެ، 
އީރާނުގެ ގައުމީ ޓީވީއިން ދާދިދެންމެއަކު ބުނި ގޮތުގައި މޭޖާ ޖެނެރަލް މުހައްމަދު ބަޣްރީ ވެސް ވަނީ އިސްރާއިލުން ދިން ހަމަލާތަކުގައި ޝަހީދުވެފަ އެވެ. މި ހަމަލާތަކުގައި އެ ގައުމުގެ އެންމެ ބާރުގަދަ ލަޝްކަރުކަމަށްވާ ރެވެލިއުޝަނަރީ ގާޑުގެ ވެރިޔާ ހުސައިން ވެސް ވަނީ އަވަހާރަވެފަ އެވެ. 
އައިއާރުޖީސީގެ ހެޑްކުއަޓާސްއަށް ދިން މިހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް މަރުވެފައިވެ އެވެ. މީގެ އިތުރުން ބައެއް ހަބަރުތައް ބުނާ ގޮތުގައި މި ހަމަލާގައި އީރާނުގެ އިތުރު ތިން ނިއުކްލިއަ ސައިންޓިސްޓުންވެސް އަވަހާރަވެފައިވެ އެވެ. އީރާނު ގަޑިން ފަތިން ވުމާ ގާތްވެފައިވަނިކޮށް އިސްރާއިލުން ދިން މި ހަމަލާގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله ޚާމަނާއީ ހުންނެވި ތަނަށްވެސް ހަމަލާ އަމާޒު ކުރިކަމަށް ފުރަތަމަ ހަބަރުތައް ފެތުރުނެވެ. ނަމަވެސް އެ މަނިކުފާނަށް އެއްވެސް ގެއްލުމެއް ނުވާކަން ވަނީ އީރާނުގެ ގައުމީ ޓީވީން ޔަގީންކޮށް ދީފަ އެވެ.  
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ