ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެގޮތުން މެންދުރު ފަހު 3:00 އާ ހަމަައަށް އެލާޓް ނެރެފައިވާ އިރު، އެ ވަގުތާ ހަމައަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި ވިލާގަނޑު ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ބޮޑު ސަރަހައްދަށް ވައިޓް އެލާޓް ނެރުނު އިރު، ހއ އިން ފެށިގެން ރ. އަތޮޅާ ހަމައަށް މެންދުރު ފަހު 1:00 އާ ހަމައަށް އޮތީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ