ރާއްޖޭގެ ގިނަ ރަށްތަކެއްގެ ސިއްހީ މަރުކަޒުތަކުގައި ލެބޯޓަރީ އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އިއުލާނުކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ލެބޯޓަރީ އިމާރާތްކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ރ. ފައިނު، ނ. ކުޑަފަރި، ނ. ފޮއްދޫ، ބ. ކުޑަރިކިލު، ބ. ދޮންފަނު، މ. ރަތްމަންދޫ، ލ. މުންޑޫ، ލ. ކުނަހަންދޫ، ށ. ގޮއިދޫ، ހއ. މުރައިދޫ، ހދ. ކުމުންދޫ، ހދ. ނައިވާދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި އަދި އދ. ދިއްދޫ ހިމެނެއެވެ.
މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 24 މޭ 2026 އިން ފެށިގެން 8 ޖޫން 2026 ގެ މެންދުރުފަހު 13:00 ގެ ކުރިން ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު [email protected] އަށް އީމެއިލް ކުރަންޖެހެއެވެ. މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 10 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހަޅަންޖެހޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގައި ރޯޝަނީ ބިލްޑިންގްގައެވެ.
ގިނަ ރަށްތަކެއްގެ ސިއްހީ މަރުކަޒުތަކުގައި ލެބޯޓަރީ އިމާރާތްކުރަން ބަޔަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ