ރައީސް އޮފީހުގެ ދިވެހިބަހާއި ޤައުމިއްޔަތާބެހޭ ޚާއްސަ މުޝީރުކަމުގެ މަޤާމުން އާދަމް ނަސީރު އިބްރާހިމް އިސްތިއުފާ ދެއްވައިފިއެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވުމަށްފަހު، ސަރުކާރުގެ އިދާރީ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތަކަށް ފުރުސަތު ދެއްވުމަށް، މިދިޔަ އެޕްރީލް މަހު އާދަމް ނަސީރު ވަނީ އިތުރު ވަޒީރުންތަކަަކާއެކު އޭރު އިސްތިއުފާ ދެއްވާފައެވެ.
އެ ފަހުން، ރައީސް އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރަކަށް އާދަމް ނަސީރު އިބްރާހީމް ވަނީ އައްޔަން ކުރައްވާފައެވެ. ނަމަވެސް މަޤާމަށް އައްޔަން ކުރެވުނުތާ އެއް ދުވަސް ނުވަނީސް މަޤާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.
ޤައުމިއްޔަތާބެހޭ މުޝީރުގެ މަޤާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ