ސްރީ ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފި

08: 09 - ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މާލޭ ރަސްމީ ފާލަމުން މީގެ ކުޑައިރުކޮޅެއް ކުރިން ރާޖަޕަކްސަ އަށް މަރުހަބާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރާޖަޕަކްސަގެ މި ދަތުރުފުޅުގައި ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލު ކުރައްވާނެ އެވެ.
ރާއްޖެ އަށް މިހާރު ދިމާވެފައިވާ ސިޔާސީ މައްސަލަ ހައްލު ކުރުމަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދިނުމަށް ތައްޔާރަށް އޮތް ކަމަށް ސްރީ ލަންކާ ސަރުކާރުން ބުނެފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ