ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސްއަށް ވި ބޭއިންސާފުވެރިކަން ސްކޫލު ތަކުގައި ކިޔަވާ ދޭން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
މިދިޔަ އަހަރު ޖުލައި މަހު ފާރިސް ހައްޔަރު ކުރި ފަހުން ނުވަ މަސް ފުރުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފާރިސް ހައްޔަރު ކޮށްގެން ގެންގުޅޭ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމް ބޭނުންކޮށްގެން ނުވާނެ ގޮތުގެ މިސާލެއް ކަމަށާއި އެއީ ސްކޫލުތަކުގައި ކިޔަވާދޭން ޖެހޭ ފެންވަރުގެ ބޭއިންސާފު މައްސަލައެއް ކަމަށެވެ.
"ފާރިސްގެ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމް ބޭނުންކޮށްގެން ނުވާނެ ގޮތުގެ ލާމަސީލް މިސާލެއް, ސަރުކާރާއި ސިޔާސީ ވިސްނުން ޖިނާއީ އަދުލުގެ ނިޒާމަށް ނުވަންނަންވީ ކީއްވެގެންކަން ދޭހަކޮށްދިނުމަށް ސްކޫލުތަކުގައި ކިޔަވައިދޭން ޖެހޭ ފެންވަރުގެ ބޭއިންސާފު މިސާލެއް" ބަޔާނުގައި ވެއެވެ.
ބަޔާނުގައި ވަނީ ފާރިސްގެ މައްސަލާގައި ކަންކަން ދަނީ ސިޔާސީ ނުފޫޒު އޮވެގެން ކަމަށް ކަނޑައަޅާފައިވާ އިރު ޝަރީއަތުގައި ދައުލަތުގެ ސިއްރު ހެކި ދެއްކި ވާހަކަތަކުން ވެސް އެ އަމުރަށް ބާރު ލިބި އެ މައްސަލަ ދައުލަތުން ބިނާ ކުރި އަސާސް ވެސް ގެއްލިފައިވާ ކަމަށެވެ.
ފާރިސް ހައްޔަރު ކުރަން ޖެހިވަޑައިގަތީ ވެސް ސަރުކާރުގެ ތެރެއިން ކޮރޮޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް ޕްރެޝަރުތައް ކުރިމަތިވުމުން ކަމަށާއި ރައީސް އަބްދުﷲ ޔާމީންއަށް ވުރެ ރައީސް މައުމޫން އާއި ފާރިސްއަށް އޮންނަ މަގުބޫލުކަން ބޮޑުވުމުން ކަމަށް އެމްޑީޕީންބުންޏެވެ.
"ފާރިސް ފުރަތަމަ މަސައްކަތް ކުރެއްވީ ސަރުކާރާއި ޕާޓީގެ ތެރޭގައި ހުންނަވައިގެން ކޮރޮޕްޝަނާއި ފަސާދައާއި ގާނޫނާ ހިލާފު އަމަލުތައް އަމަލުތައް ހުއްޓުވުމަށް" ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ވަނީ ސުޕްރީމް ކޯޓުގެ ފަހުގެ އަމުރު ތަކުގައި، އެމައްސަލަތަކަށް ސިޔާސީ ނުފޫޛު ވަދެފައިނުވާކަމަށް ބުނެ، އެނުކުތާ ނަފީ ކުރައްވާފައިނުވާތީ، މިހާރުގެ ސުޕްރީމް ކޯޓުގެ ވިސްނުންފުޅަކީ ވެސް ހަމަ އެއީކަން އެނގެކަމަށެވެ.
"ސުޕްރީމް ކޯޓުގެ 1 ފެބްރުވަރީ 2018 ގެ ޙުކުމާ، އަޞްލު ޙަޤީޤަތާ ދިމާވީއެވެ. މިޙާލަތުގައި އެމައްސަލަ ދައުލަތުން ބިނާ ކުރެއްވި އަސާސް ގެއްލުނީއެވެ. މުޅި މައްސަލައަކީ ހަދައިގެން އުޅޭ މައްސަލައެއްކަން މުޅި ދުނިޔެއަށް ޔަޤީންވެ ކަށަވަރުވީ" މި ބަޔާނުގައިވެއެވެ.
ފާރިސް މައުމޫންގެ ވާހަކަތައް ސްކޫލްތަކުގައި ކިޔަވައިދޭން ޖެހޭ – އިދިކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ