ރައީސް ޔާމީން ޖަލަށް ލައިގެން އުޅެނީ ސަރުކާރު ފިނޑިކަމުން: ޣައްސާން

ޕީޕީއެމްގެ ރައީސް، ޔާމީން ޢަބްދުދުލްޤައްޔޫމް ޖަލަށް ލައިގެން އުޅެނީ ސަރުކާރު ފިނޑިކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް، ރޭ އެޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަައްސާން އެންމެ ފުރަތަމަވެސް ގޮވާލެއްވީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.
ޣައްސާން ވިދާޅުވި ގޮތުގައި، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނީ، ޤައުމުގެ ތަރައްޤީ ހުއްޓި، ޤައުމު ދަތުރު ކުރަމުންދަނީ ކޮން މިސްރާބަކަށް ކަންވެސް ނޭނގޭ ހާލަތަށް ކަންކަން ދިޔުމުން ކަމަށެވެ.
"ރައްޔިތުން ނޫނެކޭ ބުނީ އިސްލާމް ދީނަށްވެސް ފުރައްސާރަ ކުރަމުންގޮސް، ޤައުމު ފަސާދަ ކުރަމުންދާތީ" ޣައްސާން ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުން ލިބުނު ކާމިޔާބީ އަކީ ޤައުމުގެ މިސްރާބު ބަދަލު ކުރުމަށްޓަކައި އެޅުނު އެންމެ މުހިންމު، އަދި ފުރިހަމަ ފިޔަވަޅު ކަމަށްވެސް ޣައްސާން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ