އިންޑިއާގެ ކޯވިޑް 19 ފަންޑަށް އާލިއާ، ވިކީ އަދި ސާރާ އެހީ ދީފި

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި، ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ކޮރޯނާވައިރަހާ ދެކޮޅަށް އިންޑިއާއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވާން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާންކުރެއްވި ފަންޑް "ޕީއެމް-ކެއާޒް" އަށް ބޮލީވުޑް މަޝްހޫރު ތިން ތަރިން ކަަމަށްވާ ވިކީ ކޯޝަލް، އާލިއާ ބަޓް އަދި ސާރާ އަލީ ހާން މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އިންޑިއާ ޓައިމްސްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ވިކީ ކޯޝަލް ވަނީ މިހާރު އެ ފަންޑަށް 1 މިލިއަން ކަރޯޑް ހަދިޔާކޮށްފައެވެ. އާލިއާ ބަޓް އަދި ސާރާ އަލީ ހާން ހަދިޔާ ކުރާ އަދަދު އަދި ހާމަކޮށްފައި ނުވިނަމަވެސް އެދެތަރިން ވެސް މާލީ އެހީ ދޭނެ ކަމަށް ވަނީ ބުނެފައެވެ.
މިހާތަނަށް ޕީއެމް-ކެއާޒް" އަށް އެހީ ދިން ތަރިންގެ ތެރޭގައި ހެމާ މާލިނީއާއި އޭނާގެ ދޮންދަރި ސަނީ ޑިއޯލްއާއި އަކްޝޭ ކުމާރާއި ވަރުން ދަވަންއާއި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާއާއި ޕްރިޔަންކާ ޗޯޕްޅާ، ކަރީނާ ކަޕޫރާއި، އަނުޝްކާ ޝަރުމާ ހިމެނެއެވެ.
ފައިސާގެ އެހީދެމުން އަންނަ ތަރިންގެ ތެރޭގައި ގިނަ އަދަދެއްގެ ޓީވީ ތަރިން ވެސް ހިމެނެ އެވެ. މީގެ އިތުރުން ވަރަށް ގިނަ ފަންނާނުން ދަނީ މެޑިކަލް ސާމާނު ވެސް ހަދިޔާކުރަމުންނެވެ.
ކޮވިޑް-19 ގައި އިންޑިއާ އިން މިހާތަނަށް 30 ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު ހާހަކާ ގާތްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ