ރާއްޖެއިން އިތުރު 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމުލަ އަދަދު 1395ށް!

ރާއްޖެއިން އިތުރު 24 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހޯމަ ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން އިތުރު 24 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައި ވާކަމަށާއި، އޭގެ ތެރޭގައި 04 ދިވެހިން ވެސް ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން، ބަނގްލަދޭޝށް ނިސްބަތްވާ 18 މީހުންނާއި، އިންޑިއާއަށް ނިސްބަތްވާ 02 މީހަކު ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެއާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 1395ށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ