ޝަރުޢީ ދާއިރާއަށް ދައްކަންޖެހޭ ފައިސާ "ބަނޑޭރި ޕޭ' މެދުވެރިކޮށް ދެއްކުމަށް އެދިއްޖެ

ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ޝަރުޢީ ދާއިރާއަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ބަނޑޭރި ޕޭ ޕޯޓަލްއަކީ ދައުލަތުގެ މުއައްސަސާތަކަށް ދައްކަންޖެހޭ ފައިސާ، ފަސޭހަކަމާއެކު ދެއްކުމަށް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޤާއިމްކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލްއެއް ކަމަށް
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވިއެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ ޝަރުޢީ ދާއިރާގެ ކޯޓުތަކަށާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ "ބަނޑޭރި ޕޭ" ލިންކް މެދުވެރިކޮށް ދެއްކުމަށް އިލްތިމާސްކުރައްވާފައެވެ. މިގޮތަށް ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާދެއްކޭނެ އިންތިޒާމު ހަމަޖެހުމާއެކު، ޝަރުޢީދާއިރާއަށް ދައްކަންޖެހޭ ފައިސާ، އެ ޑިޕާޓްމަންޓްގެ ބޭންކް އެކައުންޓަށް ބަލައިގަތުން މިމަހުގެ 30 ގައި ހުއްޓާލާނެކަމަށްވެސް އެ ޑިޕާޓުމަންޓުން ވަނީ ވިދާޅުވެފައެވެ.
ޝަރުއީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާއާ ބެހޭ ގޮތުން މައުލޫމާތު އެކަމަށް ކަނޑައަޅުއްވާފައިވާ ފޯނު ނަންބަރަކަށް ނުވަތަ އީމެއިލް މެދުވެރިކޮށް ސާފުކުރެއްވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ