ޕީޕީއެމް އޮފީސް ކުރިމަތީގައި ނުތިބެވޭނެ ކަމަށް އަންގައި އެ ސަރަހައްދުގައި ފުލުހުން ޓޭޕް ދަމައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީސް ކުރިމަތީގައި އެއްވެ ނުތިބެވޭނެ ކަމަށް އެ ޕާޓީއަށް އެންގުމަށް ފަހު އެ ސަރަހައްދުގައި ފުލުހުން ޓޭޕް ދަމައިފިއެވެ.ފުލުހުން ޕީޕީއެމް އޮފީސް ކުރިމަތީގައި ނުތިބެވޭނެ ކަމަށް އަންގައި އެ ސަރަހައްދުގައި ޓޭޕް ދެމިއިރު ޕީޕީއެމް އާއި ޕީއެންސީން ދަނީ އެމްޑީއެން އާއި ދެކޮޅަށް އެ ސަރަހައްދުގައި އަޑުއުފުލަމުންނެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިޔާގައި އެކަމާއި ދެކޮޅަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން އެމީހުން ބުނެފައިވާ ގޮތުން ޕީޕިއެމް އޮފީސް ކުރިމަތީގައި ނުތިބެވޭނެ ކަމަށް އެންގީ އެމްޑީއެން އާއި ދެކޮޅަށް އަޑުއުފުލުން ހުއްޓުވުމުގެ ގޮތުންކަމަށެވެ.އެހެން ނަމަވެސް ޕީޕީއެމް އޮފިސް ކުރިމަތީގައި ޓޭޕް ދެމުމާއި ބެހޭ ގޮތުން ފުލުހުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. އިސްލާމްދީނާއި ހިލާފު ގިނަ ވާހަކަތަކެއް އެކުލެވޭ އެމްޑީއެންގެ ރިޕޯޓު ނެރުމުން ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އޭގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ވެސް ހިމެނެއެވެ.ގިނަ ބައެއްގެ ޕްރެޝަރު ސަރުކާރަށް ކުރިމަތިވުމުން ވަނީ އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ. އެހެން ނަމަވެސް ސަރުކާރުގެ މަގާމުތަކުގައި އެމްޑީއެންގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުން އަދިވެސް އެބަތިއްބެވެ.
މިލިޔުން ކިޔާލުމުން
17 %
އުފާވި
0 %
ދެރަވި
83 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މުހައްމަދު
ކީއްވެތޯ އަގައިގަ ޓޭޕް ނޭޅީ!
REPLY
މުހަަންމަދު
އެބޭފުޅުންނަކީ އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅުން ކޮންމެހެން ނަން ނުދެއްނެވިޔަސް. އެ ބޭފުޅުން ވަނީ ރާއްޖެ ސެކިއުލާ ގައުމަކަށް ހަދަން ނިންމާފައި. އަޅުގަނޑު އޭރުވެސް ދެންނެވިން އެކަން އެހެނެއް ނުވާނޭ ދިވެހިންނަކީ މުސްލިމުންނޭ. އަދި ދެންނެވިން އެކަން އެހެން ކުރަން އުޅުމަކީ އަމިއްލަ ކަރަށް ވަޅި ހެރުން ފަދަ ނުރައްކާތެރިި ކަމެކޭ އަޅުގަނޑު ކައިރީގައި އެބޭފުޅުން، ރަސޫލާ އަށާއި އިސްލާމްދީނަށް މަލާމާތްކޮށް ދެއްކެވި ވާހަކަތައް ރާއްޖޭގެ ފަސްގަނޑުގައި އަޅުގަނޑު ދައްކައިފިއްޔާ ވަރަށް ބޮޑެތި ލޭއޮރުވުންތައް ރާއްޖޭގައި ހިނގާނެ ކަމަށް އޭރުވެސް ދެންނެވިން... އެ ބޭފުޅުން އެކަން ކުރެއްވީ ފާޅުގައި ރާވައިގެން، ރަސޫލާއަށް މަލާމާތްކޮށް ފުރައްސާރަ ކޮށް ހެދި ހިސާބުން ވެސް އެއޮތީ ފެންނަން،"
"އޭގެ ތެރޭގައި ތިބި ދީނުގެ ފިކުރުތައް ގަބޫލު ނުކުރާ ސެކިއިލާ ހިޔާލުގެ ބޭފުޅުންތަކެއް އެބޭފުޅުން އަޑީގައި ތިއްބަވައިގެން ހުރިހާ ކަމެއް ކުރީ. އެހެންވިމާ ސިސްޓަމެޓިކްކޮށް ރޭވިގެން މަޑުމަޑުން ހިނގަމުން އައީ. ކޮންމެ އިސްލާމީ މުޖުތަމައެއްގައި ވެސް ތިބޭނޭ އިސްލާމީ ފިކުރާ ދުރުމީހުން. އެކަމަކު އެމީހުންނަށް ލެޖިޓިމަސީ ދީ އުޅެން ބޭނުންވާ ދީނަކަށް އުޅޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް، އެކަން ކޮށްދެއްވުމަށް ރައީސް ނަޝީދު ބުރަކޮށް މސައްކަތް ކުރެއްވި،"
ވެރިކަމުގެ ކުރީކޮޅުން ފެށިގެން އިދިކޮޅު ފަރާތްތަކާއި ދީނީ އިލްމުވެރިންނާ ދެކޮޅަށް ނުރައްކާތެރި ރޭވުންތައް ރައީސް އޮފީހުގެ ތެރޭގައި ޕްލޭން ކޮށް މަސައްކަތް ފަށާފައިވާ ކަމަށް އެތެރޭގައި ތިބި އެކުވެރިންނާ ހިއްސާ ކުރެއްވި ކަމަށް ވެސް ލުތުފީ ވިދާޅުވެ އެވެ.
"ރައީސް އޮފީހުގެ ރޭވުންތައް އަޅުގަނޑަށް ޔަގީންވި ހިސާބުން ރީފް ސައިޑް ޒާހިރަށް ގުޅާފައި ދެންނެވިން ރައީސް ނަޝީދު މިކަހަލަ އަމަލުތަކެއް އެބަ ހިންގަވައޭ އަދި އެންބެސަޑަރު ނަޒާކީ ޒަކީއަށް ވެސް ދެންނެވިން، ޒަކީ ހިނިފުޅު ވަޑުވާފައި ވިދާޅުވީ ކޮބައިހޭ ހެކި އަޅުގަނޑު ޒަކީއަށް ތަފުސީލު ކޮށްދިނިން،" ލުތުފީ ވިދާޅުވި އެވެ.
"ވެރިކަމުގެ ބާރުގަދަކޮށް އޮޕޯނަންޓް ބަލި ކުރަން ފައިސާ އާއި އަންހެނުން ކުދިންނާއި މަގާމަކީ ވަރަށް ބޮޑު ރޯލެއް ކުޅޭ އެއްޗެއް. ރައީސް ނަޝީދަށް ކޮންޓްރޯލް ނުކުރެެއްވޭ ބޭފުޅުން ހާއްސަކޮށް ދީނީ ބޭފުޅުން ނައްތާލުމަށް ނަޝީދު ބޭނުން ކުރެއްވީ އަންހެން ކުދިން. އެކަން ކުރުމަށް ބޭނުން މެދުވެރިކުރީ ރާއްޖޭން ބޭރުގައި ގާއިމުކޮށްފައި ހުރި ދިވެހި ދައުލަތުގެ މިޝަންތައް. އޭގެ ވަރަށް ގިނަ ތަފުސީލާއި ހެކި އަޅުގަނޑުގެ އަތުގައި އެބަހުރި އަޅުގަނޑު ތުހުމަތު ކުރަން ރައީސް ނަޝީދާ އެއްބައިވެގެން އުޅުއްވާ ދީނީ ބައެއް ދަންނަ ބޭކަލުންނަކީ އޭގެ ޝިކާރައަކަށްވެފައިވާ ބޭފުޅުން ކަމަށް. ނަޝީދު ކުރެއްވި ކަންތައް އޅުގަނޑު މި ފާހަގަ ކުރަނީ ﷲ ގަންދީ ހުވާކޮށްފައި ފުރިހަމަ ހެކި ހުރެގެން،
REPLY
ވާވު
މިކަމުގައި ހަގީގަތެއް އެބައޮތް. އޭގެ އެއް ހެއްކަކީ މިހާރު ކޮނމްމެ ހަގްތާއެއްގެ ބްރާސްފަތި ދުވަހު އެމްޑީގެ ބައްދަލުވުމޭ ކިޔައިގެން މުވައްޒަފުންނަށް މެއިލް ކޮށްގެންނެރެ އެބަ ޔޯގާ ހައްދުވާ. މިކަމާ އަންހެން މުވައްޒަފުން ވަރަށް ކަންތަށް ބޮޑުވެގެން އުޅެ ފިރިހެން މުވައްޒަފުންނާ މަސްހުނި ކުރުވައިގެން ފާޑުފާދުގެ ކަސްރަތުކުރުވާ އައުރަ ކަސްފުވާތީވެ. އެކަމަކު ނުނިމުމެވެސް ނުކެރޭ އެޗްއޯޑިން ލައްވާ ބަލާ ކޮންކޮން ބައެއްތޯ ނުނިކުމެ ތިބެނީ. ވަރަށް ލާދީނީ ކަންތަށްތަށް މިތަނުގަ ހިނގާ އެބަ. ރޭޑިއޯއިން ގެނައި ލައިވް ދީނީ ޕްރޮގްރާމްތަށް ވަނީ ހުއްޓުވާފަ.
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ