ލީބިޔާގެ ދާޚިލީ ހަނގުރަމައާ ގުޅިގެން މި އަހަރު ނިމޭއިރު ދުނިޔެގެ ބާޒާރުގައި ތެޔޮފީފާއެއްގެ އަގު 150 އެމެރިކާ ޑޮލަރަށް އަރައިފާނެ: ތަޖްރިބާކާރުން

ވޮޝިންގޓަން : ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާއި ޢަރަބި ބައެއް ޤައުމުތަކުގައި ހިގަމުންދާ ސިޔާސީ ގަޑުބަޑުތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެެމެރިކާގެ އިންވެސްޓްމަންޓް ފަންޑަކުން ދީފިއެވެ.
ތެލުގެ ވިޔަފާރީގައި ޙަރަކާތްތެރިވާ އެމެރިކާގެ ގިލްޑް އިންވެސްޓްމަންޓް މެނޭޖްމަންޓް ފަންޑުން ބުނިގޮތުގައި މިއަހަރު ނިމޭއިރު ދުނިޔެގެ ބާޒާރުގައި ތެޔޮފީފާއެއްގެ އަގު 150 އެމެރިކާ ޑޮލަރަށް އެރުމަކީ ވަރަށް ގާތްކަމެކެވެ.
އެފަންޑްގެ ޗީފް އެގްޒެކެޓިވް މޮންޓީ ޖިލްޑް ވިދާޅުވިގޮތުގައި މިހާރުވެސް ތެލުގެ އަގު މައްޗަށް ދާ ކަމަށާ ނަމަވެސް ތެލުގެ އަގު ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައިވަނީ މިއީ ދުނިޔޭގެ ބޮޑެތި ސިނާޢީ ޤައުމުތަކަށް ހޫނުމޫސުން ކަމަށްވެފައި އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީގެ ތެލުގެ ސްޓްރެޓީޖިކް ސްޓޮކުން ދުނިޔޭގެ ބާޒާރަށް ދާދިފަހުން ތެޔޮ ނެރެން ފެށުމުން ކަމުގައެވެ.
ނަމަވެސް މިއަހަރުގެ ފަހުކޮޅު ފިނިމޫސުމަށް ދިޔުމުން ތެލުގެ ޑިމާންޑް މަތިވުމުން ތެލުގެ ސްޓްރެޓީޖިކް ސްޓޮކުން ދުނިޔޭގެ ބާޒާރަށް ތެޔޮ ނެރުނު ނަމަވެސް އަގު ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގިލްޑް ވިދާޅުވީ ލީބިޔާއަކީ ގާތްތަގަނޑަކަށް ދޮޅު މިލިޔަން ފީފާގެ ތެޔޮ ދުވާލަކު ބާޒާރަށް ނެރޭ ޤައުމަކަށްވާއިރު ދާޚިލީ ހަނގުރާމައިގެ ސަބަބުން ލީބިޔާގެ ތެލުގެ އިންޑަސްޓްރީ ވަނީ ހުއްޓިފައި ކަމުގައެވެ.
މީގެ އިތުރުން ހަމަނުޖެހުން ތައް ހިނގަމުންދާ ޔަމަންއާއި ސޫރިޔާއާއި ބަޙްރައިންއަކީ ސަޢޫދީ އަރަބިޔާއާ އެއްއިންވެފައިވާ ޤައުމުތަކަށްވާތީ އެހަމަނުޖެހުންތަކުގެ އަސަރު ސަޢޫދީ ތެލުގެ އެކްޕޯޓަށް ކުރުމުގެ ފުރްސަތު ވަރަށް ބޮޑު ކަމުގައެވެ. (ރޮއިޓާސް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ