ޖަޕާނުގެ އިރުއުތުރުގެ ސަރަހައްދުތަކަށް ރޭ އައި 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުމުގައި 23 މީހަކަށް އަނިޔާވެއްޖެ އެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ރޭ 11:15 ހާއިރު ބިންހެލުން އައިސްފައި ވަނީ އައޮމޯރީ ޕްރިފެކްޗާގެ އައްސޭރިފަށާ ދިމާލުން ކަނޑުގެ 50 ކިލޯމީޓަރު އަޑިއަށެވެ.
ބިންހެލުމާ ގުޅިގެން ހޮކައިޑޯ، އައޮމޯރީ އަދި އިވާޓޭ ޕްރިފެކްޗާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރުނެވެ. ނަމަވެސް، ފަހުން މި އިންޒާރު އުވައިލި އެވެ.
ބިން ހެލުމުގެ ސަބަބުން އައޮމޯރީ އާއި ހޮކައިޑޯއިން 23 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޖަޕާނުގެ އޮފިޝަލުން ބުނެފައި ވާއިރު، ސީރިއަސް އަނިޔާއެއް ލިބިފައި ވަނީ އެކަކަށެވެ.
ގިނަ މީހުންނަށް އަނިޔާވެފައިވަނީ ތަންތަނުން ވެއްޓުނު އެއްޗެހިން ޖެހިގެންނެވެ.
ބިން ހެލުމާ ގުޅިގެން އައޮމޯރީގެ ގިނަ އަދަދެއްގެ އިމާރާތުން ކަރަންޓު ދިޔަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ރޭލު ދަތުރުތައް ވަގުތީ ގޮތުން ހުއްޓައިލި އެވެ.
ބިންހެލުން އައި ސަރަހައްދުގައި ހުރި ނިއުކްލިއާ ޕްލާންޓްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ޖަޕާނުގެ ނިއުކްލިއާ ރެގިއުލޭޓަރީ އޮތޯރިޓީން ބުންޏެވެ.
ޖަޕާނަށް އައި 7.5 މެގްނިޓިއުޑްގެ ބިންހެލުމުގައި 23 މީހަކަށް އަނިޔާވެއްޖެ ޖަޕާނަށް އައި 7.5 މެގްނިޓިއުޑްގެ ބިންހެލުމުގައި 23 މީހަކަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ