ޕީއެންސީގެ ޖަލްސާއާ ގުޅިގެން 5 ރޫޓެއްގެ ބަހުގެ ހިދުމަތް މެދުކަނޑާލައިފި

ވެރިކަންކުރާ ޕާޓީ، ޕީއެންސީއިން މިރޭ ބާއްވާ ޖަލްސާއާ ގުޅިގެން، މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ފަސް ރޫޓެއްގެ ބަހުގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - 'ދިވެހީންގެ ރާއްޖެ' ނަމުގައި ޕީއެންސީން މިރޭ 8:30ގައި އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާއާ ގުޅިގެން ފުލުހުން ވަނީ، ބޮޑުތަކުރުފާނުމަގުގެ ރާޅުގަނޑާ ހިސާބުން ފެށިގެން ކާނިވާ ސަރަހައްދާއި އެ ސަރަހައްދާ އިންވެގެން އޮންނަ ގޯޅިތައް ވެސް ބަންދުކޮށްފަ އެވެ.
ތަފްސީލް - އެމްޓީސީސީން މިރޭ ނެރުނު އެންގުމެއްގައިވާ ގޮތުން، މާލޭގައި ބަހުގެ ހިދުމަތް ދެމުންދާ ބައެއް ރޫޓުތައް ބަންދުކުރަނީ މިރޭ އިރުއޮއްސި 6 އިން ފެށިގެން 12:30ގެ ނިޔަލަށް އާޓިފިޝަލް ބީޗު ސަރަހައްދު ބަންދުކޮށްފައިވާތީ އެވެ.
މެދުކަނޑާލާ ރޫޓުތަކުގެ ތެރޭގައި ހުޅުމާލޭގެ ދެ ފިޔަވައްސާއި މާލެއާ ދެމެދު ދަތުރުކުރާ އެންމެ ބާރުބޮޑު ބަސް ރޫޓުތައް ހިމެނެ އެވެ.
ބަހުގެ ހިދުމަތް މެދުކަނޑާލާ ރޫޓުތަަކަކީ:
އާރް 2 
އާރް 8 
އާރް 10 
އާރް 11
އާރް 12
މި ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތުގައި ބާއްވާ މި ޖަލްސާއަކީ ރައީސް މުހައްމަދު މުއިއްޒަށް އޮތް ތާއީދު މުޅި ރާއްޖެއަށް ދައްކައިދިނުމުގެ ހަރަކާތެއް ކަމަށް ޕީއެންސީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ