ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް، ސަސްޕެންޑު ކޮށްފި

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރު، ގޮއިދޫ މެޖިސްޓްރޭޓް ކޯޓަށް މަސައްކަތަކަށް ނުކުތް މައްސަލަ ބަލައި މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް ޖޭއެސްސީ އިން އޭނާ ސަސްޕެންޑުކޮށްފި އެވެ.
ނިޝާރު އައްޔަން ކުރި ބ. ގޮއިދޫ ކޯޓަށް ގަވައިދުން ވަޒީފާއަށް ނުކުތުމުގެ ބަދަލުގައި އޭނާއާ ހަވާލުކުރެވިފައިވާ ބ. ފުޅަދޫ ކޯޓަށް މަސައްކަތަށް ނުކުންނަވަމުން ގެންދެވި މައްސަލައެއް ޖޭއެސްސީން ވަނީ ބަލައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަހުމަދު ނިޝާރު އައްޔަނުކުރި ގޮއިދޫ ކޯޓަށް ގަވާއިދުން ނުކުތުމުގެ ބަދަލުގައި ނުކުންނަމުން ގޮސްފައި ވަނީ އިސްމެޖިސްޓްރޭޓާ ހަވާލުކޮށްފައިވާ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ކަން ކަމާބެހޭ ލިޔެކިއުމުންނާއި އިސްމެޖިސްޓްރޭޓްގެ އިއުތިރާފުން ސާބިތުވާކަމަށެވެ
މިކަމުގައި އިސް މެޖިސްޓްރޭޓް ނިޝާރު އަމަލުކޮށްފައި ވަނީ ހަވާލުކޮށްފައިވާ، ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާ ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 73 ވަނަ ބައްދަލުވުމުގައި ނިންމާފައި ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ 14 ދުވަހަށް ސަސްޕެންޑުކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ