ރާއްޖޭގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭނެ ވެރިޔަކީ ރައީސް ޔާމީން : ޑރ ޖަމީލް

ރާއްޖޭގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ވެރިޔަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމުގައި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
“ސަންގު ޓީވީ”ގެ  ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަމުން ރައީސް ޔާމީންގެ ގާނީ ވަކީލުންގެ ޓީމުގެ އިސްވަކީލް ޑރ ޖަމީލް ވިދާޅުވީ ޕީޕީއެމް އިން ނިންމާ ކޮންމެ ނިންމުމެއްގެ ފަހަތުގައި އެމަނިކުފާނު ހުންނަވާނެ ކަމަށާއި، ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލުގެނެސްދޭނެ މީހަކީ ރައީސް ޔާމީން ކަމަށެވެ.
“ޕީޕީއެމްގެ ކޮންމެ ނިންމުމެއްގެ ފަހަތުގައި އަޅުގަނޑު ހުންނާނަން. އަޅުގަނޑު ގަބޫލު ކުރަނީ ރާއްޖޭގައި މިހާރު މިހިރަ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ވެރިޔަކަށް ވެގެން ދާނެއޭ ރައީސް ޔާމީން.” ޑރ ޖަމީލް ސަންގު ޓީވީ ގައި ވާހަކަދައްކަމުން ވިދާޅުވިއެވެ.
ރައީސް ޔާމީންނަށް ވަރަށް ބޮޑަށް ތައުރީފް ކޮށް ވާހަކަދައްކަމުން ޑރ ޖަމީލް އިތުރަށް ވިދާޅުވީ ޖަމީލް އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުން މިހާރު ތިބީ ޔާމީނަށްޓަކައި ކެތްމަދުވެފައިވާ ކަމަށާއި، 2023 ގައި ރައްޔިތުން އުފަލާއެކު ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ