މި އަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފިއެވެ. އެއީ މިދިޔަ އަހަރަށްވުރެ 9.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުގައިވާ ގޮތުން މި ހިނގާ ޖުލައިގެ މިހައިތަނަށް ވެސް 94،132 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ ތިން އަހަރާ އަޅައިބަލާއިރު ވެސް އިތުރު އަދަދެކެވެ. އަހަރުގެ މިހައިތަނަށް ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 6،103 ފަތުރުވެރިން ރާއްޖެ އާދެއެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެއްވަނައިގައި އޮތީ 165،134 ފަތުރުވެރިންނާއެކު ޗައިނާއެވެ. ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެ ގައުމުން 140،298 ފަތުރުވެރިން އައިސްފައިވެއެވެ. އިނގިރޭސިވިލާތް ލިސްޓުގެ ތިން ވަނައިގައި 115،133 ފަތުރުވެރިނާއެކު އޮތްއިރު، ހަތަރުވަނައިގައި އޮތް އިޓަލީން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 89،951 ފަތުރުވެރިންނެވެ.
ރާއްޖޭގައި މިހާރު 183 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 880 ފަތުރުވެހިގެ އިތުރުން، 159 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ. ރާއްޖޭގެ 19 އަތޮޅެއްގައި ޖުމްލަ 175 ޓޫރިސްޓު ރިޒޯޓެއް ހިންގާއިރު، އެ ތަންތަނުން 44،047 ޓޫރިސްޓު ބެޑު ހިއްސާ ކުރެއެވެ. އެއީ ދިވެހި ފަތުރުވެރިކަމުގެ 68 ޕަސެންޓެވެ.
އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަނީ ރިޒޯޓުތަކުގައެވެ. މިހައިތަނަށް ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 72.8 ޕަސެންޓު މީހުން އައީ ރިޒޯޓުކަށެވެ. އެއީ 875،326 ފަތުރުވެރިންނެވެ. މި ލިސްޓުގައި ދެވަނައިގައި އުޅެނީ ގެސްޓްހައުސްތަކެވެ. އެ ތަންތަނުގައި 22.2 ޕަސެންޓު ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. އެއީ 267،378 ފަތުރުވެރިންނެވެ. ރާއްޖޭގެ 20 އަތޮޅެއްގެ 107 ރަށެއްގައި، 880 ގެސްޓްހައުސް ހިންގައެވެ. އެ ތަންތަނުން ހިއްސާކުރަނީ ފަތުރުވެރިކަމުގެ 23 ޕަސެންޓެވެ.
ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރާއްޖޭގެ ޓޫރިސްޓް ހޮޓެލްތަކަށެވެ. މުޅިއެކު 2.7 ޕަސެންޓު ފަތުރުވެރިން އެ ތަންތަނުގައި ޗުއްޓީ ހޭދަކުރާއިރު، އެ މީހުންގެ އަދަދު 32،812އަށް އަރައެވެ. ރާއްޖޭގައި 16 ޓޫރިސްޓު ހޮޓެލް، އަށް އަތޮޅެއްގެ ނުވަ ރަށެއްގައި ހިންގައެވެ. އެ ތަންތަނުން 2،310 ޓޫރިސްޓު ބެޑު ހިއްސާކުރާއިރު، އެއީ ޖުމްލަ އަދަދުގެ ހަތަރު ޕަސެންޓެވެ.
ބާކީ 2.2 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ސަފާރީތަކުގައެވެ. އަހަރުގެ މިހައިތަނަށް ރާއްޖޭގެ ސަފާރީތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު އަރަނީ 25،879އަށެވެ. ޖުމްލަ 159 ސަފާރީއެއް ރާއްޖޭގައި އޮޕަރޭޓުކުރެއެވެ. އެ ތަންތަނުން 3،162 ޓޫރިސްޓި ބެޑު ހިއްސާކުރާއިރު އެއީ ފަސް ޕަސެންޓެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުގައި 28 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް އަޅައެވެ.
އިންޑިއާ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވާން ފަށައިފި ފަތުރުވެރިން ތިބޭ ތަންތަން ބަލާ ޗެކްކުރުމަށް އިންސްޕެކްޝަނެއް ފަށައިފި ފަސްލައްކަވަނަ ފަތުރުވެރިޔާ އަށް ހޫނު މަރްޙަބާއެއް ކިޔައިފި ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ މަގުބޫލު ލިޔުންތައް އެކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ