އެމްއެންޖޭއޭގެ ނަމުގައި އާ ޖަމިއްޔާއެއް އުފައްދައި އެގްޒެކްޓިވް ކޮމިޓީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

14:30މޯލްޑިވްސް ނެޝެނަލް ޖާނަލިސްޓް އެސޯސިއޭޝަންގެ ނަމުގައި އާ ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާގެ އެގްޒެކްޓިވް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.ދިވެހި ނޫސްވެރިކަން ތަރައްގީކޮށް ޒިންމާދާރު، ހުނަރުވެރި ނޫސްވެރިން ބިނާކުރުމަށާއި ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ހުޅުވިފައިވާ ވެއްޓެއް ގާއިމްކުރުމަށް މަސައްކަތްކުރުމުގެ މަގްސަދުގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ނޫސްވެރިންގެ ގައުމީ ޖަމިއްޔާ ނުވަތަ މޯލްޑިވްސް ނެޝެނަލް ޖާނަލިސްޓް އެސޯސިއޭޝަންގެ އިންތިޚާބީ ޖަލްސާ މިމަހުގެ ތެރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު މަގާމުތަކަށް ކުރިމަތިލެވޭނީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން މެމްބަރަކަށް ވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޖަމިއްޔާގެ މުއައްސިސެއް ކަމަށްވާ މިއުސަމް އައްބާސް މިއަދު ވިދާޅުވި އެވެ.މިއުސަމް އަދި ވިދާޅުވީ ހުށަހެޅި ފޯމުތަކަށް ބަލައި މެމްބަރަކަށްވި ފަރާތްތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ. ހަމައެކަނި ނޫސްވެރިންނަށް މެމްބަރު ކަމަށް ކުރިމަތިލެވޭ އެ ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިބީ 45 މެމްބަރުން ކަމަށް މިއުސަމް ވިދާޅުވި އެވެ.މިއުސަމް ވިދާޅުވީ ޖަމިއްޔާގެ ގަވާއިދު ބުނާގޮތުން ނުވަ މަގާމެއް އިންތިޚާބު ކުރަން ޖެހޭނެ ކަމަށާއި އެއީ ރައީސާއި، ނައިބު ރައީސާއި، ހިންގާ ސެކްރެޓަރީ އާއި، ބަޖެޓް ސެކްރެޓަރީގެ އިތުރުން ފަސް މެމްބަރުން ކަމަށެވެ.މޯލްޑިވްސް ނެޝެނަލް ޖާނަލިސްޓް އެސޯސިއޭޝަންގެ ނަމުގައި އާ ޖަމިއްޔާއެއް އުފައްދައިފައި މި ވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ނަމުގައި ފުޅާ ދާއިރާއެއްގައި ޖަމިއްޔާއެއް ހަރަކާތްތެރިވަމުން އަންނަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ