ދެމަހެއް ހައި ދުވަސްތެރޭ ސެނަހިޔާ، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކޮށް ޚިދުމަތް ދޭން ފެށޭނެ: ރައީސް

ކުރިއަށް އޮތް ދެމަހެއް ހައި ދުވަހުގެ ތެރޭގައި ސެނަހިޔާ ފެންވަރު ރަނގަޅު ހޮސްޕިޓަލެއްގެ ފެންވަރަށް ތަަރައްގީ ކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސިފައިންގެ 127ވަނަ އަހަރިީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ސެނަހިޔާ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ހުރިހާ ކަމެއް މިހާރު ވަނީ ހަމަޖެހިފައެވެ. "ސިފައިންގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ސެނަހިޔާގެ ނަމުގައި ހިންގާ ސިފައިންގެ ކްލިނިކް، ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ހުރިހާ ކަމެއް މިހާރު ވަނީ ހަމަޖެހިފައި. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ސެނަހިޔާވެސް، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކޮށް، މުޅިން އައު ޚިދުމަތްތަކެއް ދޭން ފެށޭނެ،" ރައީސް ވިދާޅުވިއެވެ. 
މީގެ އިތުރުން ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރައްްވަމުން ގެންދަވާ ކަމަށް  އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ސިފައިންނަށް ދެމުން އައި ޗުއްޓީ އާއި އެލަވަންސްތައް މިހާރު އިތުރަށް ރަނގަޅުކުރެވިފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސިފައިންނަށް ދެވޭ އިނާޔަތްތައް ވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ