ވެލި ބަރުކުރި ބޭރުގެ ބޯޓުގެ މައްސަލައިގައި ފިޔަވަޅު އަޅާނަން: ކަސްޓަމްސް

ވެލި ބަރުކޮށްފައި އޮއްވައި ލ. ހިތަދޫ ކައިރިން ފެނުނު ބޯޓުން އަމަލުކުރީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެތި ކަމަށާއި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާ އިން ރޭ ބުނެފި އެވެ.
ކަސްޓަމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން އަންނަ އުޅަނދު ތަކަށް ކަސްޓަމްސްގެ ހުއްދައާ ނުލާ ބަނދަރު ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެ އުޅަނދަކަށް އެއްޗެއް އަރުވައި ބޭލުމަކީވެސް މަނާ ކަމެއް ކަމަށާއި ޗައިނާ ބޯޓުން ވެލި ބަރުކުރީ ހުއްދައެއް ހޯދުމެއް ނެތި ކަމަށް ވާތީ އެ މައްސަލަ ކަސްޓަމްސް އިން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުން ކަމަށް އެ އިދާރާއިން ބުނެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ބޯޓަށް ވެލި ބަރުކޮށްފައި ވަނީ ނަގަންޖެހޭ ހުއްދަތައް ނެތި އެވެ. އެއީ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެ ކޮށްފައިވާ ބޯޓެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މިމައްސަލަ މިހާރު ފުލުހުންނަށް އަންގައިގެން ބަލަމުން އަންނަ ކަމަށް އެންވަޔަރޮމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ޓުވީޓަކުން އަންގަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ