ޕީޕީއެމް ސަޕޯޓަރުންވެސް އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ:ނަޝީދު

އައްޑޫގެ ހަތް ދާއިރާ އަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޕީޕީއެމްގެ އައްޑޫ ސަޕޯޓަރުން ވެސް ވޯޓު ދޭނެ ކަމާ މެދު ޝައްކު ނުކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ރޭ މަރަދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުންނަށް އައްޑޫ މީހުން ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. މި ގޮތުން ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ އާއި ކުރިއެރުން ގެނެސް ދިނުމުގެ ވިސްނުމުގައި އައްޑޫގައި ހިންގާފައިވާ އެއްވެސް މަޝްރޫއެއް ފެންނަން ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ