ފިހާރައެއް ފަޅާލައި ބައިލައްކައަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފި

މާލޭ، ގަލޮޅުގައި ހުންނަ ފިހާރައެއް ފަޅާލައި ބައިލައްކައަށް ވުރެ ގިނަފައިސާ ވަގަށް ނަގައިފިއެވެ.
މިއަދު ހެނދުނު މިހާދިސާ ހިނގާފައި ވާއިރު ވައްކަންކޮށްފައި ވަނީ އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރަ އިން ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިއަދު ހެނދުނު މާލެގައި މިހާދިސާ ހިނގާފައިވާއިރު، ފުލުހުންވަނީ ރ. އުނގޫފާރުގައި 500،000ރ. އާ އެކު ވަގަށް ނެގި ތިޖޫރި އެ ރަށުގެ ފަޅު ގޯއްޗެއްގެ ތެރެއިން ފުލުހުން ވަނީ މިއަދު ހޯދައިފަ އެވެ. އެ ތިޖޫރި ހުޅުވަން ވަގުން މަސައްކަތްކޮށްފައި ހުއްޓަސް އެކަން ކާމިޔާބުފައި ނުވާ ކަމަށާއި އެ ތިޖޫރީގައި ހުރި ހުރިހާ ފައިސާއެއް ހުރިކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ވައްކަމާ ގުޅިގެން 25 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެހެންނަމަވެސް އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރަ އިން ވައްކަން ކުރި މީހުން ހައްޔަރު ކޮށްފައިވާކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
މިދުވަސްވަރަކީ މާލެއާއި ރާއްޖެތެރޭގައި ވައއްކަމުގެ މައްސަލަތައް ގިނަ ދުވަސްވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ