އަދިތްޔައާއި ޝްވެތާއަށް ދަރިއަކު ލިބެނީ، ބޭނުންވަނީ އަންހެން ކުއްޖެއް

ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަދިތްޔަ ނާރާޔަންގެ އަންހެނުން ޝްވެތާ އަގަރްވާލް އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އިއުލާނުކޮށްފި އެވެ.
އެކަން އިއުލާނު ކޮށްފައި ވަނީ އަދިތްޔާގެ އިންސްޓަގުރާމުގައި ހިއްސާކުރި ފޮޓޯއަކާއެކުގަ އެވެ. އަދި ފުރަތަމަ ދަރިފުޅު ލިބޭތީ ދެމީހުންވެސް ތިބީ ވަރަށް އުފަލުން ކަމަށް އެ ފޮޓޯ ހިއްސާކުރަމުން ބުނެފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ މީޑިއާއަކާ ވާހަކަ ދައްކަމުން އަދިތްޔާ ބުނީ އަދިވެސް ގަބޫލުކުރަންވެސް ދަތި ކަމަށާއި ދެމަފިރިން ތިބީ އެހާވެސް އުފަލުން ކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް ކުޑަކުދިންނަށް ލޯބިކުރާ މީހެއް ކަމަށާއި އަބަދުވެސް ރަނގަޅު ބައްޕައަކަށް ވާން ބޭނުންވާ ކަމަށް ބުންޏެވެ.
އަދި ދަރިފުޅު ލިބުމުން ޝްވެތާ އިތުރަށް ބިޒީވާނެ ކަމަށާއި އޭނާއަކީވެސް ކުޑަކުއްޖަކާ ދޫކުރާ މީހެއް ނޫން ކަމަށް ބުންޏެވެ.
އަދިތްޔާ ބުނި ގޮތުގައި، އޭނާ ބޭނުންވަނީ އަންހެން ކުއްޖެކެވެ. އަދި އެއީ އަންހެން ދަރިން އަބަދުވެސް ބައްޕައާ ދޯޅަވާނެތީ ކަމަށް ބުންޏެވެ.
އެކަމާ އޭނާގެ ބައްޕަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތް ނާރާޔަންއާއި މަންމަވެސް ތިބީ ވަރަށް އުފަލުން ކަމަށާއި މާމައާއި ކާފަ ދަރިއަކު ލިބޭތީ އުފަލުގެ ކޮޅެއް ނެތް ކަމަށް ބުންޏެވެ.
އަދިތްޔައާއި ޝްވެތާ ކައިވެނި ކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ