ޔުވެންޓަސް އާއި ޗިއޭވޯ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބުކޮށްފި

އިޓާލިއަން ސެރިއާގެ ތާވަލްގެ އެންމެ ފުލުގައި އޮތް ޗިއޭވޯގެ މައްޗަށް ޔުވެންޓަސް ކުރި ހޯދާއިފިއެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ ތިނެއް ސުމެއްގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޔުވެންޓަސް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ ތޭރަ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑަގްލަސް ކޮސްޓާއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ޔުވެންޓަސް އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު މި މެޗުގައި އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޕައުލޯ ދީބަލާގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ، އެމްރޭ ޗޭންއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާ ގޯލަށް ފޮނުވާލި ބޯޅަ ޕެނަލްޓީ އޭރިޔާތެރޭގައި ހުރި ޗިއޭވޯގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުގެ ސަބަބުން ރެފްރީ ވަނީ ޔުވެންޓަސް އަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ކްރިސްޓީއާނޯ ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ ޗިއޭވޯގެ ކީޕަރ ސްޓެފާނޯ ސޮރެންޓީނޯ ވަނީ ދިފާއުކޮށްފައެެވެ.
ޔުވެންޓަސް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ އަށްޑިހަ ހަތަރުވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ރުގާނީއެވެ.
މި ނަތީޖާއެކު އިޓާލިއަން ސެރިއާގެ އެއްވަނައިގައި ނުވަ ޕޮއިންޓްގެ ލީޑަކާއެކު ޔުވެންޓަސް އޮތީ ފަންސާސް ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނަޕޯލީ އަށް ލިބެނީ ސަޅީސް ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އިންޓަރ މިލާން އޮތީ ސަޅީސް ޕޮއިންޓާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ