ނައިބު ރައީސް ހީމޯފީލިއާ ސޮސައިޓީގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހީމޯފީލިއާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ވާރލްޑް ފެޑެރޭޝަން އޮފް ހީމޯފިލިއާގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުންބުނީ މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ހީމޯފީލިއާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ވާރލްޑް ފެޑެރޭޝަން އޮފް ހީމޯފީލިއާގެ ފަރާތުން ވަނީ ހީމޯފީލިއާ ބަލީގެ ޙާލަތު ރާއްޖޭގައި އޮތް މިންވަރު ހިއްސާކުރައްވައި، އެ ބަލީގެ ފަރުވާ ހޯދުމުގައި ރާއްޖޭގައި މިވަގުތުހުރި ދަތިތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހީމޯފީލިއާ ބައްޔަށް ރާއްޖޭގައި ދެވޭނެ ފަރުވާއާއި ބެހޭގޮތުން އެ ބޭފުޅުންނާ މަޝްވަރާކުރައްވައި މި ބަލީގެ ފަރުވާ ހޯދުމުގައި ރާއްޖޭގައި މިވަގުތުހުރި ދަތިތައް ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ