ވީއޭއެމް ޕްރެޒިޑެންޓްސްކަޕްގައި 5 ޓީމް

އަންނަމަހުގެ 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވީއޭއެމް ޕްރެޒިޑެންޓްސްކަޕް އަންހެނުންގެ ވޮލީ މުބާރާތުގައި ވާދަކުރާނީ 5 ޓީމަކުން ކަމަށް ވޮލީ އެސޯސިއޭޝަނުން ބުނެފި އެވެ.
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ވެބްސައިޓްގައިވާ ގޮތުން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު ބައިވެރިވެފައިވާ ޓީމުތަކަކީ ޕޮލިސް ކްލަބް، ނިލަންދޫ ޔޫތު ލިންކޭޖް، އަމިކާ ސްޕޯޓްސް ކްލަބް، އަމީނިއްޔާ ވޮލީބޯލް ކްލަބްގެ އިތުރުން އެމް އެސް ހެލްޕިން ހޭންޑެވެ.
އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި މިފަހަރުގެ މުބާރާތުގައި ލީގު ބުރެެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ހޮވޭނެ އެވެ. އަދި 2 ވަނަ އާއި 3 ވަނަ ޓީމުގެ މެދުގައި މެޗެއް ކުޅުމަށްފަހު ފައިނަލަށްދާނެ ދެވަނަ ޓީމެއް ހޮވޭނެ އެވެ.
މި މުބާރާތަށް ޓީމުތައް މިހާރު އަންނަނީ ފޯރިއާއެކު ތައްޔާރުވަމުންނެވެ.
މިދިޔަ އަހަރުގެ މި މުބާރާތުގެ ޗެމްޕިއަންކަން ހުޅުމާލެ ވުމެންސް ކްލަބް ބަލިކޮށް ހޯދީ ޕޮލިސް ކްލަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ