ތިނަދޫ މިސްކިތުގެ ޖާގަ ކުޑަވުމުގެ ސަބަބުން ރައްޔިތުން އިހުތިޖާޖު ކޮށްފި

ވ. ތިނަދޫގައި ހުންނަ މިސްކިތުގެ ޖާގަ ކުޑަވުމުގެ ސަބަބުން މިކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލައި އެރަށުގެ ރައްޔިތުން އަޑު އުފުލައިފި އެވެ.ތިނަދޫ އަކީ 200 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.އެރަށު ކައުންސިލްގެ ރައީސް ޝިފާގު ޙުސައިން ވިދާޅުވީ ތިނަދޫގައި ފިރިހެނުން ނަމާދު ކުރުމަށް ހަދާފައިވާ މިސްކިތުން ގަބުރު ފެނުމާ ގުޅިގެން އެ މިސްކިތް މީގެ 10 އަހަރު ކުރިން ބަންދު ކޮށްފައިވާ ކަމަށެވެ.އެއަށް ފަހު މިއަދާ ހަމައަށް ވެސް އެރަށުގައި ފިރިހެނުން ނަމާދުކުރަމުން ދަނީ އަންހެނުން ނަމާދު ކުރުމަށް ހަދާފައިވާ، 34 އަހަރަށް ވުރެ ގިނަ ދުވަސްވީ މިސްކިތެއްގައި ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.ޝިފާގު ވިދާޅުވީ ކައުންސިލުން އެ މިސްކިތުގެ ބޭރުގައި ފެންޑާއެއްވެސް އަޅައިދީފައިވާ ކަމަށާއި، ނަމަވެސް ޖާގައިގެ ދަތިކަން އަދިވެސް އެބަ އޮތް ކަމަށެވެ. ޝިފާގު ވިދާޅުވީ ސަރުކާރުން އެރަށުގައި މިސްކިތެއް އަޅައިދޭނެ ކަމަށް އެއްބަސްވިޔަސް އަދި އެކަން ކޮށްފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ