މ މުލަކު ފަރަށްއެރި ބޯޓެއް ފުންކުރުމުގެ މަސައްކަތް ފަށައިފި

މާލެއިން ފުރައިގެން ލ.ގަމަށް ދަތުރުކުރި "މީންވިލާ" ނަމަކަށް ކިޔާ ބޯޓެއް މ.މުލަކު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ބުދަ ދުވަހުގެރޭ 19:50 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއެކު ހާބަރ ކްރާފްޓް ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ. މި ހާދިސާގައި ފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފްގެ ޑައިވަރުން ގުޅިގެން ދަނީ ކުރަމުން ކަމަށާއި މި ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ 5 ދިވެހިންނާއި 3 ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ