ޒުވާނުން ކުޅިވަރު ކުޅުމަށް ރައީސްް ޔާމީން ފަހިކޮށްދެއްވި ފުރުސަތުތައް ނިގުޅައި ނުގަތުމަށް މުއިއްޒު ގޮވާލައްވައިފި

ޒުވާނުން ކުޅިވަރު ކުޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަހި ކޮށްދީފައި ހުރި ފުރުސަތުތައް ނިގުޅައިގަތުން ހުއްޓާލުމަށް އެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މުއިއްޒު މިހެން ވިދާޅުވީ މާލެ ވިލާ ކޮލެޖް ދޮރު މަތީ އޮންނަ 369 ނަމްބަރު ކޮށީގައި އަޅާފައިވާ ފުޓްސަލް ދަނޑު އެންގުމަކާ ނުލައި އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަކަށް ނެގި މައްސަލާގައެވެ.
މި ފުޓްސަލް ދަނޑަކީ ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކްލަބް އާއި ބްރަދަރ ހުޑް ސްޕޯޓްސް ކްލަބަށް، ރައީސް ޔާމީންގެ ސަރުކާރުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހައުސިން މިނިސްޓްރީން އެންގްރީމެންޓެއް ހެދުމަށްފަހު ދީފައިވާ ދަނޑެކެވެ.
މިކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒުވާނުން ކުޅިވަރު ކުޅުމަށް ރައީސް ޔާމީން ސަރުކާރުގައި ފަހި ކޮށްދީފައި ހުރި ފުރުސަތުތައް ނިގުޅައިގަތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
"ޒުވާނުން ބާރުވެރި ކުރުވާ ބޭނުންތެރި ބަޔަކަށް ހެދުމުގެ ބަދަލުގައި މިކަހަލަ ކަންކަން ކުރުމުން ޒުވާނުން ވާނީ މަގުމަތި" މުއިއްޒު ވިދާޅުވިއެވެ.
Zuvaanunnah kulhivaru kulhumah RY sarukaaruga fahi kohdheefa huri furusathuthah nigulhaigathun huttaalevvumah govaalan! Zuvaanun baaruverikuruvaa beynuntheribayakah hedhumuge badhalugai mikahala kankan kurumun zuvaanun vaanee magumathi. https://t.co/PaOrWDKNWN— Dr Mohamed Muizzu (@MMuizzu) June 3, 2020
މި އަހަރުގެ ފެބްރުއަރީ މަހު އެޑިކޭޝަން މިނިސްޓްރީން ވަނީ ބަޔަކާ ހަވާލު ކޮށްގެން އެދަނޑު ވަރަށް ބޮޑަށް ރޫޅާލައިފަ އެވެ. މިކަމާ ދެ ކުލަބުން ވާހަކަ ދައްކާ އެގްރީމަންޓް ދެއްކުމުން ދެން އެފަދަ ކަމެއް ނުހިނގާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން އޭރު ވަނީ ބުނެފައެވެ.
އެކަމަކު މި ހަފުތާގައި އަލުން އެޑިއުކޭޝަން އިން ވަނީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ގޮސް ވެރި ފަރާތުގެ ހުއްދަ ނުހޯދާ ދަނޑަށް ވަދެ ވަށައިގެން ޓިނު ޖަހާފައެވެ. އެއީ އެ ސަރަހައްދުގައި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ