ރައީސް ސޯލިހާއި ރައީސް ނަޝީދު އަބޫ ދާބީއަށް ފުރާވަޑައިގެންފި

އަބޫ ދާބީގެ ވަލީ އަހުދު ޝައިހް މުހަައްމަދު ބިން ޒައިދު އަލް ނަހުޔާންގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގެންފިއެވެ.
ރައީސް ސޯލިހް އަދި ރައީސް ނަޝީދު ފުރާވަޑައިގެންނެވި ޕްރްއިވެޓު ޖެޓެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ބޭފުޅުން އަބޫދާބީއަށް ފުރާވަޑައިގެންފައި މިވަނީ މިއަންނަ އާދީއްތަ ދުވަހު އަބޫ ދާބީގައި ފެށުމަށް ހަމަޖެހިފައިވާ ފޯމިއުލާ ވަން އަބޫ ދާބީ ގްރޭންޑް ޕްރީ (ކާރު ރޭހެއް) ބައްލަވާލެއްވުމަށެވެ. އަދި މި ދަތުރުފުޅަށް ހަރަދު ކުރައްވަނީ ޔޫއޭއީގެ ސަރުކާރުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ދަތުރުފުޅަކީ ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ޔޫއޭއީއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ