ކުރިއަށް އޮތް ރޯދަމަހުގެ ކަރަންޓާއި ފެން ބިލު 400 ރުފިޔާއަށް ވުރެ ބޮޑުނުވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރޯދަމަހު ކަރަންޓާއި ފެން ބޭނުންކުރާ މިންވަރު އިތުރުވެ، ބިލުތައް ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކޮންމެ އަހަރަކު ވެސް ފެނާއި ކަރަންޓު ބިލުން މި ސަރުކާރުން އަންނަނީ ޑިސްކައުންޓު ދެމުންނެވެ. މިދިޔަ ރޯދަ މަސްތަކުގައި އެކަން ކުރީ، އެހެން މަސްތަކަށްވުރެ ބިލު ބޮޑުނުވާނެ ގޮތަށް ވަކި މިންވަރެއްގައި ކެޕް ކޮށް ޑިސްކައުންޓު ދޭ ގޮތަށެވެ.
ތަފްސީލް - ވެރިކަންކުރާ ޕާޓީ، ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ކުރިއަށް އޮތް ރޯދަމަހު އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށެވެ.
"ބާކީ ބައި ޑިސްކައުންޓް،" ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެި ތިބި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - މިދިޔަ ރޯދަމަސްތަކުގައި ކަރަންޓު ބިލަށް ޑިސްކައުންޓް ދިނުމުގެ އިތުރުން، ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ މާފުކޮށްދީފަ އެވެ.
ރޯދަމަހު އެއްވެސް ބިލެއް 400 ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ