ޕީއެސްއެމުން އިސްތިއުފާދިން ނަސްރީން ޔޫތު މިނިސްޓްރީގެ ނައިބަކަށް އައްޔަންކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ނަސްރީން ޕީއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުގެ މިނިސްޓްރީއެއްގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގެންފައިވާތީ ކަމަށް ވިދާޅުވެ އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި، އޭނާ ވަނީ އިއްޔެ އިން ފެށިގެން މިނިސްޓްރީގެ ވަޒީފާއަށް ނުކުމެވަޑައިގަންނަވަން ފައްޓަވާފަ އެވެ.
ޔޫތު މިނިސްޓްރީއަކީ ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވާ މިނިސްޓްރީއެކެވެ. އެ މިނިސްޓްރިގެ މިނިސްޓަރު އިބްރާހިމް ވަހީދުގެ އެޑްވައިޒަރެއްގެ ގޮތުގައި މާލޭގެ ކުރީގެ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ މިދިޔަ މާޗު މަހު އައްޔަންކޮށްފަ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި އެ މިނިސްޓްރީގައި ނަސްރީން ނުހިމަނާ 4 ޑެޕިޔުޓީ މިނިސްޓަރުން ތިއްބަވާ
ރައީސް އޮފީހުގެ ވެބްސައިޓުގައި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އަޕްޑޭޓު ނުކުރާތާ ގިނަ ދުވަސްތަކެެއް ވެއްޖެ؛ އެހެންކަމުން މިއަދަދު އިތުރުވާނެ ކަމަށް ބެލެވޭ
 ޕީއެސްއެމްއަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ނަސްރީން، އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ 23 ޑިސެމްބަރު 2024ގަ އެވެ. އޭނާއަކީ މި ސަރުކާރުގައި ޕީއެސްއެމްއަށް އައްޔަންކުރި ތިން ވަނަ މެނޭޖިން ޑިރެކްޓަރެވެ.
އޭގެ ކުރިން ނަސްރީން ހުންނެވީ ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގެ ވެރިޔަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ