‘އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރ 2’ ގެ ނަމުގައި ބާޒާރު މަތީގައި އައު ފިހާރައެއް ހުޅުވައިފިއެވެ.
އެސްޓިއޯ އިން ބުނީ ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، 15 އޮކްޓޯބަރ 2025 ން ފަށައިގެން ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާކަަމަށެވެ. އަދި މި ހުރިހާ ބާވަތެއް އެސްޓީއޯއިން މާލޭ ސަރައްދުގައި ގާއިމް ކުރެވިފައިވާ ދެ ފިހާރަ ކަމުގައިވާ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް މެދުނުކެނޑި ފޯރުކޮށްދެމުން އަންނަކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ.
އެސްޓިއޯ އިން ބުނީ މި އޮޕަރޭޝަން އިތުރަށް ފުޅާ ކުރުމުގެ ގޮތުން ‘އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރ 2’ ގެ ނަމުގައި ބާޒާރު މަތީގައި އައު ފިހާރައެއް ހުޅުވާފައިވާކަމަށާއި މި ފިހާރަ ހުންނާނީ ކުރީގެ އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓް (މަލޭ ނޯތު ހާބަރު ގޭޓް ސަރަހައްދު) ގައި ކަމަށެވެ.
މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމާއި މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މިތަކެތި ފަސޭހަ ކަމާއި އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ.
މި ފިހާރަ ހުޅުވިގެން ދިއުމާއި އެކު، ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެއެވެ. އެގޮތުން މި ފިހާރަ މެދުވެރިކޮށް އެސްޓީއޯއިން ދަނޑުވެރީން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ހަމަ ޖެހިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތްކުން އުފައްދާ ބާވަތްތަށް ވިއްކޭނޭކަމުގެ ޔަގީންކަންލިބި، މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އައު ހިތްވަރެއް ލިބިގެންދާނެކަން އެސްޓިއޯ އިން ފާހަގަކުރެއެވެ.
އެސްޓިއޯގެ އަމާޒަކީ ކުރިއަށް އޮތްތާނގައިވެސް، އެސްޓީއޯގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމެވެ. އެގޮތުން، ގްރޭޓަރ މާލޭ އޭރިއާގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި އެސްޓިއޯގެ އައުޓްލެޓެއް، އަވަސް މުސްތަގުބަލެއްގައި ހުޅުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިއާއިއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއި އެކު އެސްޓިއޯއިން ވިއްކާ މުދާތައް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.
ނިދާ ކޮޓަރީގައި ކުރުނބާ ފަނި ތައްޔާރުކުރަމުން ދިޔަ ބަޔަކު އަތުލައިގެންފި އައްޑޫގެ މޭޔަރުކަމުގެ، ޝައުގުވެރިކަން ފާޅުކޮށް އީނާ ބުނީ ޒިންމާ އަދާކުރުމުގައި ފަހަތަށް ނުޖެހޭނެކަމަށް! އާއްމުންނަށް ބޮނޑޮގޭ އާޓް ގެލެރީ ބަލައިލުމުގެ ފުރުސަތު، ހުޅުވާލައިފި ޕީއެސްއެމ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ