ސަރުކާރުގެ ނުފޫޒު ޖުޑިޝަރީއަށް ބޮޑުވެ އާންމުންނަށް ބިރަކަށްވެއްޖެ: އާދަމް ޝަރީފް

ސަރުކާރުގެ ނުފޫޒު ޖުޑިޝަރީއަށް ބޮޑުވެ އާންމުންނަށް ބިރަކަށް ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައި ޖޫރިމަނާ ކުރި ހުކުމް ބާތިލު ކުރި ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ގުޅޭ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި ކަމަށް ޖޭއެސްސީން ބުނެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން މަހާޒު ވަނީ ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެން ދާތީ، އެ މައްސަލަ އޮތް ކޮންމެ ދުވަހަކު، މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރަކު އެހެން ދެ ފަނޑިޔާރުން ހިމެނޭ ގޮތަށް މެންދުރުގެ ފަރިއްކޮޅު ގެންނަ ކަމަށާއި އެ ކަމަށް ހަރަދުކުރީ އަމިއްލައަށް ކަމަށާއި ތަރުތީބުން ހުކުމް އިއްވި ދުވަހު ފަރީއްކޮޅާ ހަވާލުވާން ޖެހިވަޑައިގަތީ އޭނާއަށް ކަމަށް ވުމުން ތަނަކަށް އޯޑަރުކޮށްގެން އަމިއްލަ ހަރަދުގައި ފަރިއްކޮޅު ގެންނެވި ކަމަށް ވިދާޅުވެފައެވެ.
އާދަމް ޝަރީފް ވިދާޅުވީ ފަނޑިޔާރުންނަށް ވިޔަފާރި ކުރެވޭނެ ފިހާރައަކާއި ކައިވެނި ކުރެވޭނެ މީހުނާއި ލާން ޖެހޭ ހެދުމުގެ ކުލަ އަދި ހުކުމް ކުރަން ޖެހޭ އެސްއޯޕީ އެއް ޖޭއެސްސީ އިން އާންމު ނުކުރާހާ ހިނދަކު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް މަދެއް ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ނުފޫޒު ޖުޑިޝަރީއަށް ބޮޑުވެ އާންމުންނަށް ބިރަކަށް ވެއްޖެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް ޖޭއެސްސީއިން ބަލަމުން އަންނައިރު މީގެ ކުރިންވެސް ގިނަ މައްސަލަތަކެއް ވަނީ ބަލާފައެވެ. އަދި ސާބިތު ނުވާ ގިނަ މައްސަލަތަކެއް ހުރި ކަން ވެސް ފާހަގަ ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ