ކޯލްޑްޕްލޭ ކޮންސެޓްގައި 'ވަގު ގުޅުން' ވައިރަލް ވުމުން އެމެރިކާގެ ސީއީއޯ އިސްތިއުފާދީފި

އެމެރިކާގެ ޓެކް ކުންފުނި، އެސްޓްރޮނޮމާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) އާއި އެ ކުންފުނީގެ އަންހެން މުވައްޒަފަކު ކޯލްޑްޕްލޭ ކޮންސަޓްގައި ގައިގޯޅިވާ މަންޒަރު ބޮޑު ސްކްރީނަށް އަރައި އެ ވީޑިއޯ ކްލިޕް ސޯޝަލް މީޑިއާގައި ވައިރަލް ވުމާ ގުޅިގެން ސީއީއޯ ރޭ އިސްތިއުފާ ދެއްވައިފި އެވެ.
ޓެކް ކުންފުނިން ބުނީ ސީއީއޯ އެންޑީ ބައިރޮން އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށާއި އޭނާގެ އިސްތިއުފާ ޑިރެކްޓަރުންގެ ބޯޑުން ބަލައިގެންފައިވާ ކަމަށެވެ.
އެ ދެ މީހުން ކުއްލިއަކަށް ތިރިވެ، ކެމެރާއަށް ފިލުމުގެ ކުރިން، މެސަޗޫސެޓްސްގެ ފޮކްސްބަރޯގެ އެރީނާގައި އަންހެނަކާއި ފިރިހެނަކު ބައްދައިގެން ތިބި މަންޒަރު ބޮޑު ސްކްރީނަށް އަރަ އެވެ. 
އެ ދެ ބޭފުޅުންނަކީ، އެމެރިކާގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެސްޓްރޮނޮމާ ނަމަކަށް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރައްވާ، ކައިވެނިކުރައްވައިގެން އުޅުއްވާ ސީއީއޯ ބައިރޮން އާއި އެ ކުންފުނީގެ ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ކްރިސްޓިން ކެބޮޓް އެވެ.
ނިއުޔޯކްގައި ހުންނަ އެ ކުންފުނިން ބުނީ އެ ކުންފުނީގެ ބޯޑުން ލީޑަރަކު ހޯދަން ފަށާނެ ކަމަށާއި އެފަދަ މީހަކު ހޯދެންދެން އެ ކުންފުނީގެ ޗީފް ޕްރޮޑަކްޓް އޮފިސަރު އިންތިގާލީ ސީއީއޯގެ މަގާމު އަދާކުރައްވާނެ ކަމަށެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި ކޮންސެޓުގައި އެ ދެ މީހުން ގައިގޯޅިވާ މަންޒަރު ކެމެރެއާއަށް އެރުމުން އެކަން ފޮރުވަން އަވަސް އަވަހަށް މަސައްކަތް ކުރާ މަންޒަރު ފެންނަ ފުޓޭޖަށް އެތައް މިލިއަން ވިއުސްއެއް ވަނީ ލިބިފަ އެވެ.
އެ ގުޅުމުގެ ތަހުގީގެއް ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ވީޑިއޯ މަގުބޫލުވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ސީއީއޯ ވަނީ ޗުއްޓީއަށް ފޮނުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ