ދިވެހި ތާރީހުގައި ދުވަހަކު ވެސް ޑޮލަރުގެ އަގު މައްޗަށް ނުދާ މިންވަރަކަށް އުފުލިފައިވާއިރު އާންމު ފަރުދުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެފައިވާ ކަމަށް މާލެ ސިޓީގޭ މޭޔަރު އާދަމް އާޒަމް ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ޑޮލަރުގެ އަގު އެންމެ ބޮޑަށް އުފުލުނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ހާލަތުގަ އެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އެ ދުވަސްވަރު ވެސް ޑޮލަރުގެ އަގު 20ރ. ނާރަ އެވެ. ނަމަވެސް، މިހާރު ޑޮލަރެއްގެ އަގު ހުރީ 20.20ރ. އަށެވެ.
އެކަމުގެ ކަންބޮޑުން ފާޅުކުރައްވައި ރާއްޖޭގެ ވެރިކަން ކުރާ ސިޓީގެ މޭޔަރު އެކްސްގައި ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވުމުގެ ތަކުލީފު ވިޔަފާރިތަކުން އުފުލަން ޖެހުމުގެ އިތުރުން އާންމު ފަރުދުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެފައިވާ ކަމަށެވެ.
"މި ކަމުގައި ރާއްޖޭގެ އެންމެހައި ރައްޔިތުން އުފުލަމުންދާ ތަކުލީފަށް ހައްލެއް ހޯދައި ދިނުމުގެ އެއްވެސް އަމަލީ ސިފައެއް މި ސަރުކާރުގެ ފިސްކަލް އަދި މަނިޓަރީ ޕޮލިސީސް ތަކުން ފެންނަމުން ނުދާކަން ހިތާމައާ އެކު ފާހަގަކުރަން،" އާޒިމް ވިދާޅުވި އެވެ.
ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ރާއްޖޭގެ ބަނގުރޫޓުވާ ހާލަތަށް ވެއްޓި ގައުމާއި އިގުތިސޯދީ މިނިވަންކަން ގެއްލުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އާޒިމް ވަނީ ހަރަދު ކުޑަކުރަން ސަރުކާރަށް ގޮވާލާފަ އެވެ.
ޑޮލަރުގެ އަގު އުފުލެން ފެށީ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކަރަން މަޖުބޫރުކޮށް ހެދި ގާނޫނު ތަންފީޒު ކުރަން ފެށި ފަހުންނެވެ.
އެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއަށް ފަހު ޑޮލަރުގެ އަގު ދަށް ނުވެ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބާޒާރުގައި މުދަލުގެ އަގުތައް ވެސް ދަނީ ބޮޑުވަމުންނެވެ.
ޑޮލަރުގެ އަގު އުފުލި އާންމުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެއްޖެ: އާޒިމް ޑޮލަރުގެ އަގު އުފުލި އާންމުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެއްޖެ: އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ