މޮޓޯއެކްސްއިން 'ސީއެފްމޮޓޯ 150 އައުރާ' ސައިކަލު ތައާރަފުކޮށްފި

ރާއްޖޭގެ މާކެޓަށް ސީއެފް މޮޓޯގެ އެންމެ ފަހުގެ ޒަމާނީ ސައިކަލުތައް ތައާރަފުކުރަމުން އަންނަ މޮޓޯއެކްސް މޯލްޑިވްސް އިން، ސީއެފްމޮޓޯ ބްރޭންޑުގެ އައުރާ 150 މޮޑެލްގެ ސައިކަލު ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
ތަފްސީލް - މޮޓޯ އެކްސް އިން ބުނި ގޮތުގައި، އަލަށް ތައާރަފުކުރި މި އާ މޮޑެލްއަކީ މި ޒަމާނާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ، ބަލާލަން ހިތްގައިމު ސައިކަލެކެވެ. މި ސައިކަލުގެ ސީޓުގައި ބޭނުންކޮށްފައިވަނީ އެންމެ ޕްރީމިއަމް ކޮލިޓީގެ ލެދާ ކަމަށްވާތީ، މިއީ ދުއްވާލަން ފަސޭހަ އަދި އަރާމު ސައިކަލެކެވެ.
ޓެކްނޮލޮޖީގެ ގޮތުން ބަލާއިރު، އައުރާ ސައިކަލުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މިއީ ތަޅުދަނޑި ނުވަތަ ރިމޯޓެއްގެ ބޭނުންނުކޮށް ސްޓާޓްކުރެވޭ ސައިކަލަކަށް ވުމެވެ. މި ސައިކަލު ސްޓާޓްކުރުމަށް ބޭނުންކުރަނީ އެންއެފްސީ ޓެގެކެވެ.
މީގެ އިތުރުން، ރައްކާތެރިކަމަށް އިތުރަށް އިސްކަންދޭން ކަސްޓަމަރުން ބޭނުން ނަމަ، މި ސައިކަލުގައި ޑޭޝް ކެމެރާ އަދި ރިއަ ކެމެރާ ހަރުކުރުކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.
މި ސައިކަލަކީ ދަތުރުފަތުރުކުރުމުގެ ފަސޭހައަށް ބަލައިގެން ފަރުމާކޮށްފައިވާ ސައިކަލެކެވެ. އެގޮތުން، ސައިކަލުގެ ސީޓު ދަށުގައި އެއްފަހަރާ 2 ހެލްމެޓް ބޭއްވޭނެ ތަނަވަސް ޖާގަ ހުރެ އެވެ. މިއީ އާންމުކޮށް ބޭނުންކުރާ ސައިކަލުތަކާ އަޅާބަލާއިރު ލިބިގެންދާ ބޮޑު ފަސޭހައެކެވެ.
ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ސައިކަލަކީ ރާއްޖޭގެ މަގުތަކާ ގުޅޭ، ހިތްގައިމު ސައިކަލެއް ކަމަށް މޮޓޯއެކްސް އިން ބުންޏެވެ. މި ސައިކަލާ ބެހޭ އިތުރު މައުލޫމާތު މޮޓޯއެކްސް ހުޅުމާލެ ޝޯރޫމުންނާއި ސޯޝަލް މީޑިއާ ޕޭޖުތަކުން މިހާރު ލިބެން ހުންނާނެ އެވެ.
އިތުރު މައުލޫމާތު ހޯދުމަށް: 7211333އާ ގުޅާލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ