ކުލަ ޖެހުމުގެ ތެރެއިން ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ

އީދު ކުޅިވަރުގެ ތެރެއިން ކުލަ ޖެހުމުގެ ތެރޭގައި ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މިކަން ހިނގާފައިވަނީ ތ. ވޭމަންޑޫގަ އެވެ. އެނގިފައިވާ ގޮތުގައި މިކަމުގައި ތުހުމަތު ކުރެވެނީ ސިފައިންގެ މީހަކަށެވެ.
ފުލުހުން ބުނި ގޮތުގައި 31 އަހަރުގެ މީހާ، ބަދު އަހުލާގީ އަމަލު ހިންގާފައިވަނީ 19 އަހަރުގެ އަންހެނަކާ ކަމަށެވެ.
މި މައްސަލަ ގަވައިދުގައިވާ ގޮތުގެ މަތިން ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ސިފައިންނާ ދެކޮޅަށް ޖިނާއީ ތަހުގީގު ހިންގުމުގައި އަމަލު ކުރަން ޖެހޭ އުސޫލެއް އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ