ނައިވާދޫ ރައްޔިތުން ނިކުމެ މަގުތައް އެއްވަރުކުރަނީ! ފެންނަނީ އެކުވެރިކަމާއި އެއްބައިވަންތަކަން!

ހދ. ނައިވާދޫ މަގުތަކުގައި ހެދިފައިހުރި އަޑިގުޑަންތައް ނައްތާލުމަށް ފަސްއަޅާ އެއްވަރުކުރުމުގެ މަސައްކަތް އެރަށުގެ ޒުވާނުން ކުރިޔަށް އެބަ ގެންދެއެވެ.
މިކަމަކީ އެރަށުގެ ޒުވާނުން އިސްނަގައިގެން ރަށުގެ ރައްޔިތުން ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށް މި މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނެއް މި ނޫހަށް މައުލޫމާތު ދިނެވެ. މިގޮތުން ރަށުގެ ކުދި ބޮޑު އެންމެ މި މަސައްކަތުގައި ހަރަކާތްތެރިވެއެވެ. ފެންނަނީ އެއްބައިވަންތަކާއެކު ފޯރިއާއި ޖޯޝްގައި އެންމެ އެއް ރޫހެއްގައި މި މަސައްކަތުގައި ޝާމިލްވެ އުޅޭ މަންޒަރެވެ.
ނައިވާދޫއަކީ އާބާދީ ކުޑަ ނަމަވެސް ހިތްހެޔޮ ބަޔަކު ދިރިއުޅޭ ރީތި ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ