އިބްރާހީމީ މިސްކިތުގަ ކޮރޯނާ ނުޖެހޭނެ ސަރަހައްދު ކުރީ ސަފުން ކުރިއަށް ބަދަލުކޮށް ތާޅަފިލީގެ އަޑަށް މަގު ހުރަސްނުކުރެވޭނެވަރުކޮށްފި!

ހެންވޭރު ސޯސަންމަގު ކަންމަތީގައި ހުރި އިބްރާހީމީ މިސްކިތުގައި ދޫލަމަތީ ތަރަފާލު ނޭޅި ނަމަވެސް ކޮރޯނާ ނުޖެހޭނެ ސަރަހައްދު މިސްކިތުގެ ކުރީ ސަފުން ކުރިއަށް ބަދަލުކޮށް އަދި މިސްކިތުގެ ތާޅަފިލީގެ އަޑަށް މަގުހުރަސްނުކުރެވޭނެވަރު ކޮށްފިއެވެ. 
ދޫލަަތީގައި ތަރަފާލު ނޭޅިނަމަވެސް ކޮރާނާ ނުޖެހޭނެ ސަރަހައްދު މީގެ ކުރިން އޮތީ މިސްކިތުގެ ފަހަތުގައެވެ. 
މިކަމާއި ގުޅީގެން އެސަރަހައްދުގެ ބައެއް މީހުން ބުނީ ރައްޔިތުން ވަރަށް ބޮޑަށް އެދި އާދޭސްކޮށްގެން އާދައިގެ މަޑުމިނަކަށް މީގެ ދުވަސްކޮޅެއްކުރިން ތާޅަފިލީގެ އަޑު އުފުލިކަމަށެވެ. 
"ނަމަވެސް 2،3 ދުވަސްވާއިރަށް އެބޭފުޅުން ކޯފާވާންފެށީ. މިހާރު އެހެރީ ތާޅަފިލީގެ އަޑަށް މަގު ހުރަސްނުކުރެވޭވަރަށް ވަރަކޮށާލައިފަ! ދެން މިހާރަކު ނުއުދުހެވޭނެ. ހާލީގަ އިނދެގެން ލައްވާ އަޑު އިވޭނީ ގާތުގަ ތިބި ބައަކަށްތާ! އެގޮތުން މިސްކިތުގެ ގޯތިތެރޭގަ ތިބޭ މީހުންނަށްވެސް ބަންގީގެ އަޑު މިހާރު ފަހުމްވާނެ ކޮންމެވެސް ވަރަކަށް! ބަންގީގެ އަޑުގެ ރޫޙުގައި މިސްކިތުގެ ގޯތިތެރޭގަ ތިބޭ މީޙުންނަށްވެސް އަޑެއް ނުއިވޭނެ! ސުބްހާނަﷲ! އަޢޫޛްބިﷲ!" މިސްކިތާއި އިންވެގެން ދިރިއުޅޭ މީހަކު ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ