ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ރައްޔިތުން ނުކުންނަންޖެހޭ: މުހައްމަދު އިސްމާއީލް

މަޑުން ތިބޭވަރަށްވުރެ ގައުމުގެ ހާލަތު ގޯސްވެފައިވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ އުތުރުތިތަފަޅު މަޝްރޫއުގެ އެއްބަސްވުން ސަރުކާރުން ހާމަނުކުރާ މައްސަލައިގައި ކަންބޮޑުވުންފާޅު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
އުތުރުތިލަފަޅުގެ އެއްބަސްވުން ބާތިލު ކުރުމަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގާނޫނު އަސާސީއާއި ހިލާފަށް ވެރިކަން ކުރައްވާތީ، އެމަނިކުފާނު މަގާމުން ދުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ގޮވާލައި ޕީޕީއެމް އަދި ޕީއެންސީގެ ޖޮއިންޓް ކައުންސިލަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ ގައުމަށް ވަމުންދާ ގޮތާއި މެދު ހުރިހާ ދިވެހި ރައްޔިތުންވެސް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
އޭނާގެ ވާހަކައިގައި ވަނީ މއިަދު ކުރިމަތިވެފައިވާ ހާލަތުން ގައުމު ސަލާމަތް ކުރުމަށްޓަކައި، ހުރިހާ ސިޔާސީ ފިކުރަކަށް ނިސްބަތްވާ ރައްޔިތުންވެސް ނުކުންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ކޯސްޓްގާޑްގެ ބަނދަރެއް ގާއިމު ކުރުމަށް އިންޑިއާއާއި އެކު ހެދި އެއްބަސްވުން ހާމަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ގިޮވާލަމުން އަންނައިރު އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކުރަން ޖެހޭނަމަ ސަރުކާރުން އެކަން ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ