ކޮޗިން ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފި

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި އެ ފެރީ މިއަދު ކުޅުދުއްފުށީގައި ބަނދަރުކޮށްފި އެވެ. ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވަނީ މިއަދު 6:30 ގައި އެވެ.
އިންޑިއާގެ ކޮޗިން އިން މި މަހުގެ 21 ވަނަ ދުވަހު ފުރި، "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ ޓުޓިކޯރިން އިން ފުރައިގެން ކޮޗިން ބަނދަރާ ކައިރި ކުރުމަށްފަހު އެވެ.
މި ދަތުރުގައި ބޯޓުން ގެނެސްފައިވަނީ އެހެނިހެން ތަކެތި ހިމެނޭ ގޮތަށް 20 ފޫޓުގެ ދެ ކޮޓައިނާގެ އިތުރުން 500 ޓަނުގެ ސިމެންތި އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މި ދަތުރު ކުރަނީ އެ ގައުމުގެ ގައުމީ ޝިޕިން ކުންފުނި އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން ނެވެ. އަދި މި ކުންފުނީގެ ރާއްޖޭގެ އެޖެންޓަކީ ރާއްޖޭގެ ޝިޕިން ވިޔަފާރި ފުޅާ ކުރަން އުފެއްދި ކުންފުނި، ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އެވެ. ގައުމީ ޝިޕިން ކުންފުންޏެވެ.
ބޯޓަކީ ބޮޑު ބޯޓަކަށްވުމުން ކުޅުދުއްފުށީ ޕޯޓުތެރޭގައި ބަނދަރުނުކުރެވޭނެތީ، ބޯޓުން މުދާ ބާލާނީ ރަށު ބޭރު ކަނޑުގައި ބާއްވައިގެންނެވެ. އަދި މުދާ ބާލާނީ ކޮންޓެއިނަރު އުފުލުމާއި މުދާ ބޭލުމުގައި ބޭނުންކުރާ ބޮޑެތި ދޯނި ބޭނުންކޮށްގެންނެވެ.
ކޮޗިން ފެރީއަށް މަރުހަބާ ކިއުމުގެ ގޮތުން ކުރިން އޮތީ ހަރަކާތްތަކެއް ރޭވިފައި ނަމަވެސް އިއްޔެ ކުޅުދުއްފުށިން ކޮވިޑް ކޭސް އެއް ފެނުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ރަށް މޮނިޓަރިންނަށް ގެނެސްފައިވާތީ މި ހަރަކާތްތަށް ވަނީ ކެންސަލް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ